Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފީފާ

ފީފާ އިން ބާއްވާ ކްލަބް ވޯލްޑްކަޕް ބާއްވާނެ ތާރީޚު އިއުލާނު ކޮށްފި

ދުނިޔޭގެ ފުޓުބޯޅަ މައި އިދާރާ ފީފާއިން ބާއްވަން ނިންމި ފިރިހެން ކްލަބް ވޯލްޑް ކަޕް 2025 ވަނަ އަހަރު ބާއްވާނެ ކަން އެޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނު ކުރައްވައިފިއެވެ.

މި މުބާރާތުން ދުނިޔޭގެ އެންމެ މޮޅު 32 ޓީމަށް ފުރުސަތު ދޭން ނިންމާފައިވާއިރު، އެކަމާ ގުޅޭ ތަފްސީލުތަކާ މެދު އަދިވެސް މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށް އިންފަންޓީނޯ ވަނީ ބުނެފައެވެ.

ފިރިހެން ކްލަބް މުބާރާތެއްގެ އިތުރުން އިންފަންޓީނޯ ވަނީ އަންހެން ކްލަބް ވޯލްޑް ކަޕެއް ވެސް ބާއްވަން ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިމުބާރާތް ފީފާއިން މީގެ ކުރިން އިއުލާނު ކުރި ނަމަވެސް ކޮވިޑް19 ގެ ހާލަތާއި ގުޅިގެން ފީފާއިން ވަނީ މިމުބާރާތް ފަސްކޮށްފައެވެ. މި މުބާރާތް ވެގެންދާނީ މުޅިން އަލަށް ކްލަބްތަކުގެ މެދުގައި ކުޅޭ ފުރަތަމަ މިފަދަ ފުރަތަމަ މުބާރާތަށެވެ.

ފީފާއިން ގައުމު ތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ފުޓުބޯޅަ މުބާރާތަކީ ވެސް ދުނިޔޭގެ ގިނަ ބައެއްގެ ޝައުގު ވެރިކަން ހޯދާފައިވާ މުބާރާތެކެވެ.

މި ލިއުމާއި ގުޅޭ