Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޭމް

ސްކޭމަރުން ހުއްޓުވަން ބީއެމްއެލްގެ ވަރުގަދަ ފިޔަވަޅެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސްކޭމަރުން ހުއްޓުވަން ވަރުގަދަ ފިޔަވަޅެއް އަޅައިފިއެވެ.

ބީއެމްއެލްއިން ވަނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ޚިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ, ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓާ އެޕެއް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

މި އޮތެންޓިކޭޓާ އެޕަކީ ވަކި ވަގުތެއްގެ ތެރޭގައި، ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓާ އެޕް މިހާރު އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަރ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. އެގޮތުން އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓާ ވެސް ހިމެނޭނެއެވެ.

ބީއެމްއެލްއިން ތައާރަފްކުރި މި ފީޗާއާމެދު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވާ ކަމަށާއި އޭގެ ސަބަބުން އީމެއިލްއަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބޭކަމަށެވެ.

ކާލް ވިދާޅުވިގޮތުގައި އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.

މީގެއިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، އެ ކުންފުނިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން އަންނަކަމަށާއި ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުމަށް ކާލް ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.

ބީއެމްއެލްއިން ބުނީއަންނަ އަންގާރަ ދުވަހުން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެކަމަށާއި ނަމަވެސް އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލްއަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސިދާޏެކަމަށެވެ.

އޮތެންޓިކޭޓަރ އެޕް އެކްޓިވޭޓް ކުރާނެ ގޮތް:

- އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕަށް ލޮގިންވޭ - މޮބައިލް އެޕް މެދުވެރިކޮށް އޮތެންޓިކޭޓާ އެކްޓިވޭޓް ކުރުމަށް 'މޯ"އަށް ފިތާލާ - "އެޕްލިކޭޝަންސް" އަށް ފިތާލުމަށްފަހު އެކްޓިވޭޓްކުރޭ - އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކްޓިވޭޓްކުރާނަމަ "ސެޓިންގްސް" އަށް ފިތާލާ - އެއަށްފަހު އެކްޓިވޭޓްކުރޭ - ބޭނުންވާ އޮތެންޓިކޭޓަރ އެޕް ޑައުންލޯޑް ކުރުމަށްފަހު ޔުނީކް ކިއުއާރު ކޯޑް ސްކޭންކޮށްލާ - ވެރިފިކޭޝަންއަށާއި އެކްޓިވޭޓް ކުރުމަށް އޮތެންޓިކޭޓާ ކޯޑު ޖަހާ

ބީއެމްއެލްއިން ބުނީ ރާއްޖޭން ބޭރުގައި ތިބޭ ކަސްޓަމަރުންނަށް އީމެއިލްގެ ބަދަލުގައި އޮތެންޓިކޭޓާ މެދުވެރިކޮށް އޯޓީޕީ ހޯދޭނެކަމަށާއި އަދި މިކަމުގެ ސަބަބުން އީމެއިލް އައިޑީ ބޭނުންކޮށްގެން ކުރާ ސްކޭމްތަކަށް ހުއްޓުމެއް އަންނާނެ ކަމަށް ގަބޫލުކުރާކަމަށެވެ.

މި ލިއުމާއި ގުޅޭ