Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރު ކޮމިޝަން

ރިޟްވާނުގެ ފޯނު ފުލުހުން އަޑުއެހި ސަބަބުކަމަށް ބުނެ މަރު ކޮމިޝަނުން ދެއްކީ ދޮގު ވާހަކަ

ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ ފޯނު ފުލުހުން އަޑުއެހި ސަބަބާމެދު، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ކޮމިޝަނުން ދޮގުހަދައިފިއެވެ.

އިއްޔެ ހަވީރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރު ކޮމިޝަނުގެ ރައީސް ފަރީޝާ ޢަބްދުﷲ ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރު ފުލުހުންވަނީ ރިޟްވާނުގެ ފޯނު 3 މަސްދުވަހުގެ މުއްދަތަކަށް އަޑުއަހައިފައެވެ. އަދި ފޯނު އަޑުއެހި ސަބަބެއްކަމަށް ފަރީޝާ ވިދާޅުވީ އޭނާއަށް ނުރައްކަލެއް އޮތުމުން ރިޟްވާން ހިމާޔަތްކުރުމުގެ ގޮތުން ކަމަށެވެ.

"އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުމުގެ 4 މަހެއްހައި ދުވަސް ކުރިން، އަޅުގަނޑު ތަންކޮޅެއް ކުރިއަށް މިޖެހިލީ އިނގޭތޯ. މިހާރު މިދައްކަނީ ޖޫން މަހުގެ ވާހަކައެއް ނޫން. މިހާރު މި ދައްކަނީ އޭޕްރީލް މަހުގެ ވާހަކަ. އޭޕްރީލް މަހުގެ 20، 21 ހިސާބުގެ ވާހަކަ މިދައްކަނީ 2014 ވަނަ އަހަރުގެ. އެ ދުވަސް ކުރިން، ފުލުހުންގެ އިންޓެލިޖެންސްގެ ޕޮލިޓިކަލް ވައެލެންސް ޔުނިޓުން އަޙްމަދު ރިޟްވާނުގެ ފޯން އިންޓަސެޕްޓު ހަދާފައިވޭ. އެއީ ކޯޓު އަމުރެއްގެ ދަށުން،" ފަރީޝާ ވިދާޅުވިއެވެ.

ފުުލުހުން ރިޟްވާނުގެ ފޯނު އަޑުއެހި ސަބަބެއްކަމަށް ފަރީޝާ ވިދާޅުވެފައިވަނީ، އޭނާއަށް އޮތް ނުރައްކަލެއްގެ ސަބަބުން އޭނާއަށް ރައްކާތެރިކަން ދިނުމުގެ ބޭނުމުގައެވެ. "ފޯނު އިންޓަސެޕްޓުކޮށްފައިވަނީ ސޯޝަލް މީޑިއާއާއި މިނިވަން ނޫހުގައި ލިޔަމުންދިޔަ ބައެއް ލިޔުންތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ ފަރާތްތަކުން އަޙްމަދު ރިޟްވާން ޢަބްދުﷲއަށް ނުރައްކާ ކޮށްފާނެކަމަށް ބަލައިގެން އެ ސަބަބަށްޓަކައި،" ފަރީޝާ ވިދާޅުވިއެވެ.

އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުހުލަތަކަށް ރިޟްވާނުގެ އަޑާއި މަންޒަރު ރެކޯޑުކުރުމަށް ފުލުހުން އެދިގެން ކޯޓުން އަމުރެއް ނެރެފައިވެއެވެ. އެ އަމުރުގެ ކޮޕީއެއް "ދިޔަރެސް"އަށްވަނީ ލިބިފައެވެ. އެ އަމުރު ނެރުމަށް ފުލުހުން އެދުނު ސަބަބެއްކަމަށް ބުނެފައިވަނީ ރިޟްވާނަށް ހަރުކަށި ފިކުރުގެ ބައެއްގެ ކިބައިން ނުރައްކަލެއް ކުރިމަތިވުމެއް ނޫނެވެ.

ކޯޓުން ނެރެފައިވަނީ އަޑާއި މަންޒަރު ރެކޯޑުކުރުމުގެ އަމުރެއްކަމަށްވާއިރު އެ އަމުރު ނެރެން ފުލުހުން ކޯޓުގައި އެދުނު ސަބަބެއްކަމަށް ބުނެފައިވަނީ ރިޟްވާނާއި އިތުރު ބަޔަކު ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިވާތީ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

މި އަމުރުގެ ޞައްޙަކަން ކަށަވަރުކުރުމަށް "ދިޔަރެސް"އިން ސުވާލުކުރުމުން އެ އަމުރަކީ ޞައްޙަ އަމުރެއްކަން ކުރިމިނަލް ކޯޓުގެ އިސް ވެރިޔަކުވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މުއްދަތުގައި ކުރިމިނަލް ކޯޓުން ރިޟްވާނާ ގުޅިގެން އިތުރު އަމުރެއް ނުނެރެއެވެ.

މި މައްސަލައާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކު ކަށަވަރުކޮށްދެއްވި ގޮތުގައި ރިޟްވާނާ ގުޅިގެން ފުލުހުން ހޯދަން އެދުނު ހަމައެކަނި އަމުރަކީ އެ އަމުރެވެ.

ކުރިން ޖިނާއީ ބޮޑެތި ތަހުގީގުތައް ހިންގެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި އޮފިސަރު ވިދާޅުވި ގޮތުގައި މިފަދަ ހައްސާސް މައްސަލައެއްގައި އެންމެ ކަމަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން ދޮގު ހެދިޔަސް، ތަހުގީގުގެ އިތުބާރު ގެއްލި ބޮޑެތި ސުވާލުތަކެއް އުފެދޭނެއެވެ.

މި ލިއުމާއި ގުޅޭ