Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިދިކޮޅު އިއްތިހާދު

އިންޑިއާއިން ނަގާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ގަވަރުނަރަށްވެސް އެނގިވަޑައިނުގަންނަވާ

އިންޑިއާއިން ނަގަމުންދާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތަކަކީ ކޮބައިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމަށް ވިދާޅުވެނުދެއްވުނުކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފިއެވެ.

ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، އަސާސީ މުދާ ގަންނަން ބޭނުންވާ މިންވަރަށް ބޭރު ފައިސާ ނެތުމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން މަރުކަޒީ ބޭންކުގެ ގަވަރުނަރާ ބައްދަލުކުރެއްވުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރުންވަނީ މިއަދު އެމްއެމްއޭއަށް ވަޑައިގެންފައެވެ.

ގަވަރުނަރާ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިއަދު ގަވަރުނަރާއެކު ހޭދަކުރެއްވި ކުޑަ ވަގުތުކޮޅުންވެސް ބޭރު ތެރެއިން އިވެމުންދާ ވާހަކަތަކާއި އިޤުތިޞާދާމެދު ހުރި ކަންބޮޑުވުންތަކަކީ ސައްހަ ރަނގަޅު ވާހަކަތަކެއް އަދި ކަންބޮޑުވުންތަކެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެން މިތަނުގައި ހޭދަކުރި ވަގުތުކޮޅަށްފަހު މި ނިކުންނަނީ އައިއިރަށްވުރެ ގިނަ ކަންބޮޑުވުންތަކާއެކު. އެއީ އަޅުގަނޑުމެންނަށް ބޭރު ތެރެއިން އިވޭ އަޑުތަކަކީ ހަގީގީ އަޑުތަކެއްކަން މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެނގިގެން ދިއުމުން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާއިން ނަގަމުންދާ ބޮޑެތި ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ފަދަ ތަފުސީލުތައް ޚުދު ގަވަރުނަރަށްވެސް އެނގިވަޑައިނުގެންނެވުމެވެ. "މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ، ސެންޓްރަލް ބޭންކް މިތަނަކީ. މިތަނުގައި ހުންނަ އެންމެ އިސްވެރިޔަކަށް މިމީހުން [ސަރުކާރު] ހިންގާ މާލީ މުއާމަލާތްތަކުގެ ތަފުސީލު ނޭނގުމަކީ ހަގީގަތުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް،" އަދުރޭ ވިދާޅުވިއެވެ.

އަދި މާލީ ހާލަތު އޮތް ގޮތާމެދު ގަވަރުނަރު ވިދާޅުވީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހު ހިފަހައްޓައިލެވިދާނެކަމަށް ކަމަށާއި، މިހާރު ފާސްކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓާމެދު އެމްއެމްއޭއިން ހިއްސާކުރި ކަންބޮޑުވުންތަކަށް ބަޖެޓު ފާސްކުރުމުގައި ރިއާޔަތްކޮށްފައިނުވާކަމަށްވެސް އޭނާ ވިދާޅުވިކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިންޑިއާއެކު ސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޤައުމަށް މުސްތަޤުބަލުގައި ކުރިމަތިވާނެ ހިތްދަތި ހާލަތަކީ އަދި ލިބޭނެ ގެއްލުމަކީ ކޮބައިކަމެއް ނޭނގޭ ކަމަށާއި، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރަށްވެސް އެނގިވަޑައިނުގަންނަވާ ކަމެއް އިދިކޮޅަށްވެސް ނޭނގޭނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދި ގަވަރުނަރުގެ ޒިންމާ އަދާކުރެއްވުމުގައި މިނިވަންކަމާއެކު މަސައްކަތްކުރެއްވުމަށް ކިހާ ވަރެއްގެ ޖާގައެއް އޮތްތޯ ސުވާލުކުރެއްވުމުން ސީދާ ޖަވާބުނުދެއްވައި ގަވަރުނަރު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭއިން ހިއްސާކުރި ކަންބޮޑުވުންތަކަށް ރިއާޔަތްނުކުރިކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ގަވަރުނަރުގެ ވާހަކައިން އެނގުނުކަމަކީ މިނިވަންކަމާއެކު ޤާނޫނުން މަރުކަޒީ ބޭންކާ މަތިކޮށްފައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގައެއް އަދި އެކަމަށް ބޭނުންވާ މައުލޫމާތެއްވެސް މަރުކަޒީ ބޭންކަށް ލިބިފައި ނެތްކަންކަމަށާއި، އެހެންކަމުން ގަވަރުނަރަށް އެންމެ ރަނގަޅު ގޮތަކަށްވާނީ މަޤާމުން އިސްތިއުފާދެއްވުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ