Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

އިސްތަންބޫލްގެ މޭޔަރަށް ޖަލު ހުކުމެއް

ތުރުކީގެ ވިޔަފާރީގެ މައި ސިޓީކަމަށްވާ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމްއޮލޫ ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އިސްތަންބޫލްގެ ކޯޓަކުން އިމާމްއޮލޫ ޖަލަށް ލުމަށް ހުކުމް ކުރީ ތުރުކީގެ އިލެކްޝަން އޮފިޝަލުންނާއި ހަޑިހުތުރުބަހުން މުއާމަލާތްކުރުމުން ކަމަށްބުނެއެވެ. އަދި އެކަމުގެ ސަބަބުން އޭނާ 2 އަހަރާއި 7 މަހަށް ޖަލަށްލުމަށް އިސްތަންބޫލްގެ ކޯޓަކުން ހުކުމްކޮށްފައިވެއެވެ. އެ ހުކުމް މަތީ މަރުހަލާގެ ކޯޓުތަކުން ދަމަހައްޓައިފިނަމަ އިމާމްއޮލޫއަށް ސިޔާސީ މަޤާމުތަކަށް ކުރިމަތިލުމުގެ މަގު ބަންދުވާނެއެވެ. ޖަލު ހުކުމެއް އަޔަސް އެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމް ދަމަހައްޓައިފިނަމައެވެ.

އިމާމްއޮލޫ އަކީ އަންނަ އަހަރު ޖޫން މަހުގައި އޮންނަ އާންމު އިންތިހާބުގައި ތުރުކީގެ ރައީސް ރެޖެބް ތައްޔިޕް އެރްދޮޣާންއާއި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ފަރާތެވެ. އަދި އޭނާ އަކީ ތުރުކީގައި މިހާރު ވަރަށް މަޝްހޫރު ބޭފުޅެކެވެ.

އިސްތަންބޫލްގެ މޭޔަރުކަމަށް އިމާމްއޮލޫ ހޮވުނީ 2019 ވަނަ އަހަރުގައެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރު ކޯޓުން ބާތިލު ކުރުމަށްފަހު ދެވަނައަށް ބޭއްވި އިންތިހާބުގައިވެސް ހޮވުނީ އިމާމްއޮލޫއެވެ. ތުރުކީގެ ރައީސް އެރްދޮޣާން ވެސް ޤައުމީ ފެންވަރުގެ ސިޔާސީ ލީޑަރަކަށް ވެވަޑައިގަތީ އިސްތަންބޫލްގެ މޭޔަރުކަމަށް މީގެ 25 އަހަރުކުރިން ހޮވިވަޑައިގަތް ހިސާބުންނެވެ.

އިމާމްއޮލޫއަށް ހުކުމް ކުރުމާއި ގުޅިގެން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިސްތަންބޫލްގައި މުޒާހަރާކޮށް ސަރުކާރުގެ އިސްތިއުފާއަށް ގޮވާފައެވެ.

އިސްތަންބޫލްގެ މޭޔަރުކަމުގައި އެރްދޮޣާން ހުންނެވިއިރު، އެއްވުމެއްގައި ވިދާޅުވި ޅެންބައިތެއްގެ ސަބަބުން އެރްދޮޣާންގެ ގޮނޑިވެސް ގެއްލުނެވެ. އަދި އެ މައްސަލާގައި ޖަލަށް ވަޑައިގަންނަވަންޖެހުނެވެ. އެހެން ނަމަވެސް އެރްދޮޣާންގެ ސިޔާސީ ކެރިއަރަށް އޭގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބުނެވެ.

މި ލިއުމާއި ގުޅޭ