Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ބަޖެޓު ދަރަނި 10.3 ބިލިއަން ރުފިޔާއަށް އަރައިފި

އަހަރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ދައުލަތުގެ ބަޖެޓުގެ ދަރަނި 10.3 ބިލިއަން ރުފިޔާއަށް އަރައިފިކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، މި ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 24.9 ބިލިއަން ރުފިޔާއެވެ.

އެންމެ ބޮޑު އާމްދަނީއެއް އެ މުއްދަތުގައި ލިބުނީ ޓެކުސް އާމްދަނީންނެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކުސް ނޫން އެހެން ގޮތްގޮތުން ލިބުނު އާމްދަނީ 6.8 ބިލިއަން ރުފިޔާއަށް އަރައެވެ.

ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 8 ޑިސެންބަރާ ހަމައަށް ދައުލަތުންވަނީ ޖުމްލަ 35.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފއެވެ. އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރަންޓު ހޭދައަށެވެ. ރިކަރަންޓު ހޭދައަށް ޖުމްލަ 25.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 8 އާ ދެމެދުގައި ލިބުނު އާމްދަނީއަށްވުރެ އިތުރަށް 10.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެ ފައިސާ ހޯދާފައިވަނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ.

އެތެރޭގެ ބާޒާރަށް ޓީ-ބިލާއި ޓްރެޝަރީ ބޮންޑު ވިއްކުމުގެ އިތުރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ހޯދާފައިވެއެވެ. އަދި އޭގެ އިތުރަށް ބޭރު ފައިސާ ރިޒާވްގެ ހާލަތު ދަށްވުމާ ގުޅިގެން ކަރަންސީ ސްވޮޕް މެދުވެރިކޮށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 200 މިލިއަން ޑޮލަރު ހޯދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ލިއުމާއި ގުޅޭ