Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

ދަތުރުތަކަށް 213 މިލިއަން ޚަރަދުކޮށްފި، ބަޖެޓުކުރިވަރަށްވުރެ 10 މިލިއަން އިތުރު!

މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ބަޖެޓުން 213 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން ވަނީ ދަތުރުތަކަށް 213.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 59.5 މިލިއަންގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ފެށިގެން، އެ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 154.2 މިލިއަން ރުފިޔާއެވެ.

މުޅި މި އަހަރު ދަތުރުތަކަށް ޚަރަދު ކުރުމަށް ސަރުކާރުން ބަޖެޓުްކޮށްފައިވަނީ ޖުމްލަ 203 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ބަޖެޓު ކުރިވަރަށް ވުރެ 10.7 މިލިއަން އިތުރަށް ދަތުރުތަކަށް ޚަރަދުކޮށްފައިވެއެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މި އަހަރަށް ބަޖެޓް ކުރިވަރަށް ވުރެ ގިނައިން ދަތުރުތަކަށް ޚަރަދުކޮށްފައިވާއިރު ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗުތައް ބެލުމަށް ރައީސް ސޯލިހް އެ ޤައުމަށް ކުރައްވާ ދަތުރުފުޅަށް 4 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށް "ދިޔަރެސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ޞާލިހް އާއި ފަސްޓް ލޭޑީ ފަޒްނާގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި އެބޭފުޅުންގެ ސެކެޓްރީންނާއި ސެކިއުރިޓީން ހިމެނޭގޮތަށް ބޮޑު ވަފުދެއް ޤަތަރަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގައެވެ. މިދަތުރުފުޅުގައި ރައީސް ޞާލިހްގެ ޓިކެޓު ނެންގެވީ އެމަނިކުފާނު އަމިއްލަފުޅަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަކު އެއީވެސް ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ބެލެވެއެވެ.

މުޅި ދަތުރަށް 4 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާއިރު، ރައީސް އާއި އެކު ދަތުރުކުރެއްވި ހުރިހާ ފަރާތްތަކުންވެސް ދަތުރުކުރެއްވީ ބިޒްނަސް ކްލާހުން އަދި ފަސްޓް ކްލާހުންނެވެ. އަދި ކޮންމެ ބޭފުޅެއްގެ ދެކޮޅު ޓިކެޓަށް ގާތްގަނޑަކަށް 6000-10000 ޑޮލަރު ހަރަދުވިއެވެ.

އެންމެ ދަތުރަކަށް މިހާ ބޮޑު ޚަރަދެއް ކޮށްފައިވާއިރު އަދި މިހާރުވެސް މިއަހަރަށް ބަޖެޓް ކުރިވަރަށްވުރެ އިތުރަށް ދަތުރުތަކަށް ޚަރަދުކޮށްފައިވާއިރު މި އަދަދު އަދި މިއަށްވުރެއް އިތުރުވާނެކަމަށް ބެލެވެއެވެ.

ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް ޞާލިހާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް ޞާލިހް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ދަތުރު ކުރުމަށް 208.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި ލިއުމާއި ގުޅޭ