Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤައުމީ ފުޓުބޯޅަ ޓީމު

އެކުވެރިކަމުގެ މެޗުން މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖެއާއި މެލޭޝިއާ ދެމެދު މިރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން 3-0 ގެ ނަތީޖާއިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެ އެވެ.

މި މެޗުން ރާއްޖޭގެ ޓީމް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު 11 މެޗުގެ ކެޕްޓަނެއްގެ މަގާމު އަދާކޮށްފައިވަނީ ސަމޫހު އަލީ (ސަމުއްޓެ) އެވެ. މީގެ ކުރިން ގައުމީ ޓީމްގެ ކެޕްޓަނެއްގެ މަގާމް އަދާކުރަމުން އައި އަކުރަމް އަބްދުލް ގަނީ (އަކޫ) ހުރީ ކަކުލުގެ އޮޕަރޭޝަނަށްފަހު ކުޅުމާއި ދުރުގައެވެ.

މި މެޗުގެ 24 ވަނަ މިނެޓުގައި މެލޭޝިއާ ޓީމަށް އަށް ލީޑު ނަގައިދިނީ އެޓީމުގެ ލޮކް އެވެ. ލޮކް މި ގޯލް ޖެހީ ރާއްޖޭގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއްގައި އޮފްސައިޑް ކަމަށް ނިންމައިގެން ތިއްބައި ރާއްޖޭގެ ޓީމުގެ ޑިފެންސަށް ކުޅޭ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ފައިގައި ޖެހިފައި ލިބުނު ބޯޅަ ލޮކް ވަނީ ގޯލްތެރެއަށް ފޮނޮވައިލައިފައެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ މެލޭޝިއާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނޮވާލާނެ ފުރުސަތު ނުލިބި 1-0 ގެނަތީޖާއަކުން މެލޭޝިއާ ގެ ޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ރާއްޖޭގެ ޓީމުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޯޗު ވަނީ ދެވަނަ ހާފުގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ސްޕެއިންގެ ހަތަރު ވަަނަ ޑިވިޝަނުގެ ޔޫނިއޯ އެސްޕޯޓިވާ ރޫބީ އަށް ކުޅެމުން އަންނަ މިރާޝް އިމްތިޔާޒް ކުޅެން އަރުވައިފަ އެވެ.

މެލޭޝިއާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއަށް ހުސްކޮށް ވަދެ، މެލޭޝިއާގެ މުހައްމަދު ފައިސަލް ހަލީމް ޖެހި ގޯލެކެވެ.

މެލޭޝިއާގެ ތިންވަނަ ލަނޑަކީ މެޗުގެ 88 ވަނަ މިނިޓްގައި ޓަކް ލީ ވަނީ މެލޭޝިއާގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. ޓަކް ލީ މި ގޯލް ޖެހީ މެލޭޝިއާގެ ސާޖިއޯ އަގުއެރޯ ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނޮވާލައިގެންނެވެ.

މީގެ ތިން ދުވަސް ފަހުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލިއުމާއި ގުޅޭ