Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަނުން ޑިފެންސްއާ ބައްދަލުކުރުމުން ފާޑުކިޔުން!

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން )(އީސީ) އިން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާ އެމްއެންޑީއެފްގެ އިސް ބޭފުޅުންނާ ބައްދަލުކުރުމުން ގިނަ ބަޔަކު ފާޑު ކިޔައިފިއެވެ.

އީސީން ބުނިގޮތުގައި އެ ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުގެ ފުރިހަމަކުރަންޖެހޭ ބައެއް އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށެވެ.

ނަމަވެސް މި ބައްދަލުވުމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޙާބު ބޭއްވުމުގައި ޑިފެންސް މިނިސްޓްރީގެ ދައުރަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

މުއިއްޒުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެސް ވަނީ މިކަމަށް ފާޑު ވިދާޅުވެފައެވެ. އިންތި ވިދާޅުވީ އަބަދުވެސް ކޮމާންޑް އެންޑް ކޮންޓްރޯލް އޮންނަންވާނީ ސިފައިންގެ އަތްމަތީގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވާކަމަށެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުން "ސިވިލިއަން ކޮންޓްރޯލް އޯވަރ ދަ މިލިޓަރީ" ގެ ޑޮކްޓްރިންގެ ބާރަކީ އޮތް އެއްޗެއް ނޫންކަމަށް ދޭހަވާކަމަށާއި މި ބައްދަލުވުމުން އެކަން ކަށަވަރުކޮށްދީފައިވާކަމަށް އިންތި ވިދާޅުވިއެވެ.

މުއިއްޒުގެ ޓްވީޓަށް ކޮމެންޓް ކުރައްވާ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ބައްދަލުވުމުގެ ބޭނުމަކީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވާނެކަން ޔަގީން ވާތީ ބަޑި ބަހައްޓައިގެން ވެރިކަމުގައި ދެމިތިބުންކަމަށެވެ.

މީގެއިތުރުން މިއީ އިންތިހާބު ވަގަށް ނެގުމަށް ކުރާ ކަމެއްގެ ގޮތުގައި އެކަކު ސިފަކޮށްފައިވާއިރު އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުންކަމަށް އެހެން މީހަކު ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން އީސީން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނޭހެން އެ އިދާރާގެ އިސް އޮފިޝަލުންނާވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ލިއުމާއި ގުޅޭ