Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓި ކޮރަޕްޝަން ކޮމިޝަން

އެމްއެމްޕީއާރުސީގެ ތަހުގީގަށް އެމްއެންޕީގެ ނައިބު ރައީސް ދުންޔާ އޭސީސީއަށް ހާޒިރުކުރަނީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގަށް އެމްއެންޕީގެ ނައިބު ރައީސް ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ.

އޭސީސީން ދުންޔާ ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ޖަހާއިރަށެވެ.

ދުންޔާ އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު މީގެކުރިންވެސް މިމައްސަލައިގެ ތަހުގީގަށް ދުންޔާ ހާޒިރުވުމަށް އޭސީސީން އަންގާފައިވެއެވެ. ނަމަވެސް އެފަހަރު ދުންޔާގެ ފަރާތުން އޭސީސީއަށް ހާޒިރުވެފައިވަނީ އޭނާގެ ޤާނޫނީ ވަކީލެވެ.

މިއަދު ފިރިކަލުން އަދި ޤާނޫނީ ވަކީލު ޝުއައިބު ޝާހުއާއެކު އޭސީސީއަށް ވަޑައިގަތުމަށްފަހު ކުރެއްވި ޓުވީޓެއްގައި ދުންޔާ ވިދާޅުވީ މިއީ ސިޔާސީ ގޮތުން އަނިޔާވެރިވުމާއި ދޮގުހެދުމާއި ދުއްތުރާކުރުން ކަމަށެވެ. ދިވެހި ރައްޔިތުންނާއި ސަރުކާރުން އެންމެ ރުފިޔާއެއްވެސް ވަގަށް ނަންގަވާފައިނުވާނެ ކަމަށާއި، އޭސީސީއަށް ދަމައިފިކަމަށާއި، ހައްގާއި އަދުލަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އެމްއެންޕީގެ ނައިބު ރައީސް ދުންޔާ އޭސީސީއަށް ހާޒިރުވާން އަންގާއފައިވާއިރު އެ ޕާޓީގެ ރައީސް ކާނަލް ރޓޑ މުހައްމަދު ނާޒިމްގެ މައްސަލައެއް މިދިޔަ އޮކްޓޫބަރު މަހު ދިވެހި ފުލުހުންގެ ހިދުމަތުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބަލަން ފަށާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކާނަލް ނާޒިމަށް ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އޭސީސީޢަށް ނާޒިމް އާއި ދެކޮޅަށް ހެކިބަސް ދީފައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައިވެސް ކާނަލް ނާޒިމްގެ ނަން ހިމެނިފައިވެއެވެ. ކާނަލް ނާޒިމް އާއި އަދީބަކީ ކުރިން ވަރަށް ގާތް ދެބޭފުޅުންނެވެ. އެހެން ނަމަވެސް ފަަހުން އެ ދެބޭފުޅުންގެ މެދުގައި މައްސަލަ ޖެހި އަދީބު ވަނީ ކާނަލް ނާޒިމް ފްރޭމްކޮށް ޖަލަށްލާފައެވެ.
މި ލިއުމާއި ގުޅޭ