Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

ޑިމާންޑު ބޮޑުވެ މޮރޮކޯ ޖާޒީތައް ޤަޠަރުގައި ވިކި ހުސްވެއްޖެ

މޮރޮކޯއަށް ވޯލްޑް ކަޕްގައި ލިބުނު ތާރީޚީ ކާމިޔާބާއެކު ޤަޠަރުގައި އެ ޓީމުގެ ޖާޒީއަށް އޮތް ޑިމާންޑު ބޮޑުވެ، ޤަޠަރުގެ ފިހާރަތަކުން މޮރޮކޯ ޤައުމީ ޓީމުގެ ޖާޒީ ވިކި ހުސްވެއްޖެއެވެ.

ޤަޠަރުގެ ވެރިރަށް ދޯހާގެ މެދު ސަރަހައްދުގައި ހުންނަ މަޝްހޫރު މާރުކޭޓުގައި ކުރިން އާންމުކޮށް ވިއްކަމުން އައީ ޢަރަބި ހެދުންތަކެވެ. ނަމަވެސް ވޯލްޑް ކަޕް ފެށުނު ފަހުން ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ ޖާޒީއާއި ދިދަތައް އެ ފިހާރަތަކުގައި ގިނަވެއްޖެއެވެ.

މިހާތަނަށް އެންމެ ގިނައިން އެ ފިހާރަތަކުން ވިކެމުން އައީ ބުރެޒިލާއި އާޖެންޓީނާގެ ޖާޒީއެވެ. ނަމަވެސް މިހާރު އެންމެ ބޮޑަށް ޑިމާންޑު ބޮޑީ މޮރޮކޯ ޖާޒީއަށެވެ. މިރޭ މޮރޮކޯއާއި ފަރަންސޭސިވިލާތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެއެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި މޮރޮކޯއަށް ވޯލްޑް ކަޕްގައި ލިބުނު އާދަޔާ ޚިލާފު ކާމިޔާބާއެކު، ކުރިން ދުވާލެއްގެ މައްޗަށް ޑަޒަނެއްހައި ޖާޒީ ވިކެމުން ދިޔަ ދިއުމަށް ބަދަލުއައިސް، މިހާރު ދުވާލެއްގެ މައްޗަށް އެތައް ހާސް ޓީޝާޓު ވިކެން ފެށިއްޖެއެވެ.

އެ ޓީމު ސެމީ ފައިނަލަށް ދިއުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މޮރޮކޯއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ދޯހާއަށް އައިސްފައިވެއެވެ. މިހާރު ޤަޠަރުގެ މަޝްހޫރު ވާޤިފް ބާޒާރުން އެންމެ ހަލުއިކޮށް ވިކެމުންދަނީ މޮރޮކޯ ދިދައާއި އެ ޤައުމުގެ ފުޓުބޯޅަ ޓީމުގެ ޖާޒީއެވެ.

މި ލިއުމާއި ގުޅޭ