Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ރައީސްއާ އެކު ގަތަރަށް ދިޔަ އެންމެންގެ ޓިކެޓް ނަގައިދިނީ ރައީސްތޯ؟: އާދަމް ޝަރީފު

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަވަން ޤަތަރަށް ވަޑައިގެންނެވި ބޭފުޅުންނާއި އެމަނިކުފާނުގެ ޕާސަނަލް އެސިސްޓެންޓުގެ ޓިކެޓް ނަގައިދެއްވީވެސް ރައީސް ޞާލިހް އަމިއްކަފުޅަށް ޚަރަދު ކުރައްވައިގެންތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

އާދަމް ޝަރީފް މިފަދައިން ސުވާލު އުފެއްދެވީ ރައީސް ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވޯލްޑް ކަޕް ސެމީ މެޗް ބައްލަވަން ގަރަށް ރޭ ފުރާވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ރައީސް ޞާލިހާއެކު ދަތުރުގައި ވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓް ނަންގަވައިދެއްވީ ރައީސް ޞާލިހްތޯ ބެލުމަށް އެކަމާއި ގުޅިގެން ސުވާލު އުފައްދަވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވަނީ އޮޅުޥާ ނުލުމަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ގައުމުގައި މައްސަލަތައް ފުރިފައި އޮތް އިރު އަދި ހަރަދުކުޑަކުރުމަށް ރައްޔިތުންނަށް އަންގާފައި ރައީސުލްޖުމުހުރިއްޔާ މަޖާކުރަން ދަތުރު ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ރައީސް ޞާލިހް ރޭގެ ވަގުތެއްގައި ގަތަރަށް ފުރާވަޑައިގެންފައިވާއިރު ރައްޔިތުންގެ ފާޑު ކިޔުންތައް އަމާޒުވުމުން, ރައީސް ޞާލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ޓިކެޓް އަމިއްލަފުޅަށް ނަންގަވާ ގޮތަށް ވަނީ ނިންމައިފައެވެ.

އަދި ރައީސް ޞާލިހް އެ ގައުމުގައި ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސާނީ ގަތަރުގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހްގެ ސެކިއުރިޓީ ޓީމާއި, އެމަނިކުފާނާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ބޭފުޅުންގެ ހުރިހާ ޚަރަދެއް ހަމަ ޖައްސަނީ ދައުލަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި ލިއުމާއި ގުޅޭ