Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލު އަސްކަރިއްޔާއިން ފަލަސްޠީނުގެ ފުރާވަރުގެ އަންހެން ކުއްޖެއް ޝަހީދުކޮށްލައިފި

އިސްރާއީލުން ހުޅަނގު އައްސޭރީގެ ޝަހަރެއްކަމަށްވާ ޖަނީނަށް ވަދެގަނެ އުމުރުން 16 އަހަރުގެ ފަލަސްޠީނު އަންހެން ކުއްޖެއް ޝަހީދުކޮށްލައިފިކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އިދާރާއިން ރިޕޯޓުކުރި ގޮތުގައި ސޯޅަ އަހަރުގެ ޖަނާ ޒަކްރާން ހުރީ އޭނާގެ ގޭގެ ފުރާޅު މަތީގައެވެ. އިސްރާއީލު ސިފައިން ޖަނީނަށް އެރުމަށްފަހު ފާބައިގެންދިޔަ ފަހުން އޭނާ މަރުވެފައިވަނިކޮށް ފެނުނީއެވެ.

ޖަނީނަށް ވަދެ އިސްރާއީލު ސިފައިންވަނީ ފަލަސްޠީނު ތިން މީހަކު ހައްޔަރުކޮށްފައެވެ. އަދި އިސްރާއީލު ސިފައިންނާ ބައެއް ފަރާތްތަކުން ކުރިމަތިލައި ބަޑީގެ ހަމަލާތައް ބަދަލުކުރިކަމަށްވެސް އެ ނޫސް އެޖެންސީން ރިޕޯޓުކުރިއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ އެ އަންހެންކުއްޖާގެ ޤަތުލުގެ ރިޕޯޓުތަކުގެ މައުލޫމާތު ލިބިފައިވާކަމަށާއި، އެ ހާދިސާ ހިނގި ގޮތް ބަލައި މުރާޖައާކުރަމުން އަންނަ ކަމަށެވެ.

އިސްރާއީލު އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ ތިން މުއްތަހަމަކު ހައްޔަރުކުރަން ހިންގި އޮޕަރޭޝަނަށް ބަޔަކު ހުރަސްއަޅައި އިސްރާއީލު ސިފައިންނަށް ހަމަލާދިން ކަމަށާއި، އެ ހަމަލާތަކުގައި ބައެއް ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ.

މި އަހަރު ފެށުނު ފަހުން އިސްރާއީލު ސިފައިން އަންނަނީ ކޮންމެ ދުވަހަކުހެން ޖަނީނާއި އެ ރަށް ކައިރީ އޮންނަ ނާބުލުސްއަށް ވަދެގަންނަމުންނެވެ. ގަދަކަމުން އިސްރާއީލު ސިފައިން އެ ޝަހަރުތަކަށް ވަންނަ ކޮންމެ ފަހަރެއްގައި ހަމަނުޖެހުންތައް ހިނގައެވެ.

މި އަހަރުގެ މިހާތަނަށް މި ހަމަނުޖެހުންތަކުގައި 165 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އިސްރާއީލާއި ހުޅަނގުގެ އައްސޭރީގައި ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލުގެ އާންމުންގެ 23 މީހަކާއި ސަލާމަތީ ބާރުތަކުގެ 8 މެންބަރުންވަނީ މަރުވެފައެވެ.

މި ލިއުމާއި ގުޅޭ