Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭމާ

ބްރެޒިލް ބަލިވުމުން ނޭމާ އައީ ރާއްޖެ

ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ތަރި ނޭމާ ޖޫނިއަރ ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ބްރެޒިލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގަިއ ބްރެޒިލް ވަނީ ބަލިވެ މުބާރާތުން ކަޓާފައެވެ.

މިއަދުގެ ވަގުތެއްގައި ނޭމާ ރާއްޖެ އައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކުރަމަތި ރިސޯޓުގައި ކަމަށް މައުލޫމާތުލިބެއެވެ.

އުމުރުން 30 އަހަރުގެ ނޭމާ މިހާތަނަށް 3 ވޯލްޑްކަޕްގައި ކުޅެފައިވެއެވެ. އަދި އޭނާ ވަނީ ބްރެޒިލް އަށް 124 މެޗު ކުޅެ 77 ލަނޑުޖަހާ، އެ ޤައުމުގެ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ޕެލޭގެ ރެކޯޑާއި އެއްވަރުކޮށްފައެވެ. ޕެލޭގެ ރެކޯޑާއި އެއްވަރު މިކުރެވުނީ އެ ރެކޯޑު ޤާއިމްކުރެވުނުތާ 45 އަހަރު ފަހުންނެވެ.

ވޯލްޑް ކަޕް ބްރެޒިލްއަށް ކާމިޔާބު ވުމަކީ ނޭމާގެ އެންމެ ބޮޑު އެއް ހުވަފެނެވެ. އެހެން ނަމަވެސް ނޭމާ ކުޅުނު ތިން ވޯލްޑްކަޕުވެސް ކާމިޔާބު ކުރެވިފައިނުވެއެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕްގައި ބްރެޒިލް ކެޓީ ސެމީ ފައިނަލުންނެވެ. އެފަހުން އޮތް ދެ މުބާރާތުން ކަޓާފައިވަނީ ކުއާޓަރ ފައިނަލުންނެވެ. އެންމެފަހުން ބްރެޒިލްއަށް ވޯލްޑްކަޕް ކާމިޔާބު ވެފައިވަނީ 2002 ވަނަ އަހަރުގައެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕް އަންނަ އިރު ނޭމާއަށް 34 އަހަރު ވާނެއެވެ. އާންމު ގޮތެއްގައި ފުޓުބޯޅަ ކުޅުން ތެރިން އެ އުމުރުގައި ރިޓަޔަ ކުރެއެވެ. އެކަމަކު ނޭމާ ވަނީ 2026 ވަނަ ވޯލްޑް ކަޕްގައިވެސް ކުޅޭނެކަން އިއުލާންކޮށްފައެވެ.

މި ލިއުމާއި ގުޅޭ