Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު އޮފީސް

ދީނުގައި ހަރާމްކުރައްވާފައިވާ ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް އޭޖީ އޮފީހުން ބުނެފި

ބަންޑާރަނައިބުގެ އޮފީހުން ޔޫޓިއުބާއި މީސްމީޑިއާގެ މަންސަތަކުގައި "ސެކްސްޓިން އަކީ ކޮބާ؟"ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައި، ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް ބުނެފިއެވެ.

އެ ވީޑިއޯގެ ފެށުމުގައި ބުނެފައިވަނީ ސެކްސްޓިންއަކީ ތިމާގެ ބަރަހަނާ ހާލުގައި ހުންނަ ފޮޓޯ ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯއާއި ވީޑިއޯ ނުވަތަ ޖިންސީ ނިޔަތެއް އޮތްކަން އެނގޭ ވާހަކަތައް ޓެކްސްޓުން މެސެޖިން ޕްލެޓުފޯމެއް މެދުވެރިކޮށް ފޮނުވުން ކަމަށެވެ.

އެ ވީޑިއޯގައި އިތުރަށް ބުނެފައިވަނީ އެފަދަ މަންޒަރު ފޮނުވީ ދެ މީހުންގެ ރުހުމާއެކުގައި ކަމަށްވާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް ރުހުން ނެތި ފޮނުވައިފިނަމަ އެކަންވާނީ ޖިންސީ ފުރައްސާރައަށް ކަމުގައިވެސް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އަދި އެކަކު އަނެކަކަށް މިފަދައިން ފޮނުވާ ފޮޓޯއާއި ވީޑިއޯ، އެތަކެތި ފޮނުވި މީހާގެ ރުހުމެއް ނެތި ކަމުގައިވާނަމަ އެއީ ޖިންސީ ފުރައްސާރަ ކަމުގައި ބެލެވޭނެ ކަމަށާއި، އެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ބިރުދެއްކުމަކީ ބްލެކްމެއިލްކުރުން ކަމަށްވެސް ބުނެފައިވެއެވެ.

އެކީގައި އުޅުނުއިރު ނަގާފައިވާ ވީޑިއޯއާއި ފޮޓޯ އާންމުކުރުމަކީ "ރިވެންޖް ޕޯން"ކަމަށާއި އެއީވެސް ޤާނޫނީ ކުށެއްކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ.

ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ ނަގައި އެހެން މީހުންނަށް ފޮނުވުމަކީ އިސްލާމްދީނުގެ އިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތި ހުއްދަ ކަމެއް ނޫނެވެ. ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި އެފަދަ ފޮޓޯއާއި ވީޑިއޯ އުފެއްދުމަކީ ޝަރުޢީ ގޮތުން ހުއްދަވާނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ކައިވެނިން ބޭރުން ހިލޭ ފިރިހެނުންނާއި އަންހެނުން އެއްބަޔަކު އަނެއްބަޔަކަށް ބަރަހަނާ މަންޒަރު ފޮނުވުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ.

އޭގެ އިތުރަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޖިންސީ ކުށުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ އޮރިޔާން ކާޑު ހެދުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ނ)ގެ ދަށުން އެ ކުށަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކުށެކެވެ.

ޤާނޫނުލް ޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ)ގެ (3)ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން، ނުވަތަ ދިނުން، ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމަކީ ކުށެއް ކަމަށެވެ. އަދި އެ ކުށަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްްދާގެ (ށ)ގައި ބުނެފައިވެއެވެ.

އެހެންކަމުން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އަމަލަކަށް ހިތްވަރު ލިބޭ ގޮތަށް ބަންޑާރަނައިބުގެ އޮފީހުން ވީޑިއޯއެއް ހަދައި އާންމުކުރުމުން އާންމުންގެ ގިނަ ބަޔަކުވަނީ އެ އޮފީހަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އަދި އެއީ ފާޙިޝް އަމަލުތަކަށް ހިތްވަރުދިނުންކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ