ފ. ނިލަންދޫގެ އާސާރީ މިސްކިތުގެ ގޯތިތެރޭގައި ހުރި މަހާނަތަކަކަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ފަށައިފި އެވެ.
އެކަމާ ގުޅޭގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން ވެސް އެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މަރުކަޒުން ބުންޏެވެ.
ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމަކީ މިހާރު ޖިނާއީ ކުށެކެވެ. އެކަމުގެ އަދަބެއްގެ ގޮތުން 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން އެ ކުށަކަށް ގާނޫނުލްއުގޫބާތުގެ ދަށުން އަދަބެއް ކަނޑައަޅާ ނަމަ، އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ އެވެ.