Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޔުއާނުން ތެލުގެ ވިޔަފާރިކުރަން ޗައިނާގެ ރައީސް ޝީ ޢަރަބި ޤައުމުތައް ކިބައިން އެދިވަޑައިގެންފި

ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ޚަލީޖު ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި ތެލުގެ ވިޔަފާރީގައި ޔުއާން ބޭނުންކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެދިވަޑައިގެންފިއެވެ. މިއީ ޗައިނާގެ ފައިސާއަކީ ބައިނަލްއަޤުވާމީ ފައިސާއެއްގެ ގޮތުގައި ޤާއިމުކޮށް ދުނިޔޭގެ ވިޔަފާރީގައި އެމެރިކާ ޑޮލަރުގެ ނުފޫޒު ކުޑަކުރުމަށް ޗައިނާއިން ގެންގުޅޭ ވިސްނުމަށް ބާރު ލިބޭނެ ކަމެކެވެ.

ޝީ މިފަދައިން އެދިވަޑައިގަތީ ސަޢުދީ ޢަރަބިއްޔާގައި އެ ޤައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ދެ ސަމިޓެއްގައި ޢަރަބި ޤައުމުތަކުގެ ވެރިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މުޙައްމަދު ބިން ސަލްމާން ގެންދަވަނީ ހުޅަނގާ ދުރުން އެހެން ބާރުތަކާ ގުޅުން ޤާއިމުކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ.

އެމެރިކާއާއި ސައުދީގެ ގުޅުމަށް އެމެރިކާއިން ޤަބޫލުކުރާ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކާއި ތެލުގެ އަގާއި ރަޝިޔާއާ އޮންނަ ގުޅުމާމެދު އެމެރިކާއިން ދެކޭ ގޮތުގެ ނޭދެވޭ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، ޝީ ސަޢުދީއަށް ވަޑައިގަތުމުން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ނުވަނުމުގެ މުހިއްމުކަމާމެދު ދެ ޤައުމުން މެސެޖުތަކެއް ދޫކޮށްލާފއިވެއެވެ.

ހުކުރުދުވަހު ޚަލީޖުގެ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝީ ވިދާޅުވެފައިވަނީ ތެލުގެ ވިޔަފާރި ޔުއާނުން ކުރަން އެ ޤައުމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ޤައުމުން ތަކެތި ގަތުމަށާއި، އެ ޤައުމުގެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާ ދެއްކުމަށް ޔުއާން ބޭނުންކުރެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ ޝައުޤުވެރިކަން އޮތް ކަމަށެވެ.

އެމެރިކާ ޑޮލަރުގެ ބަދަލުގައި ވިޔަފާރީގައި ޔުއާން ބޭނުންކުރުމަށް ތާއީދު ހޯދަން ޗައިނާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. ބޭނުމަކީ ބައިނަލްއަޤުވާމީ ވިޔަފާރީގެ މައްޗަށް އެމެރިކާ ޑޮލަރަށް އޮތް ނުފޫޒު ކުޑަކުރުމެވެ.

މި ލިއުމާއި ގުޅޭ