Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ރަމީޒު

އަލީގެ ސުވާލެއް: 19 ދިވެހިން ޝަހީދުކޮށްލި ހާދިސާ ހަނދާން ނެތޭނީ ކިހިނެއް؟

19 ދިވެހިން ޝަހީދުކޮށްލި ހާދިސާ ހަނދާން ނެތޭނީ ކިހިނެއްތޯ ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވެފައި މިވަނީ ދިވެހި ފަސްގަނޑުގައި މިހާތަނަށް ހިނގި އެންމެ އަނިޔާވެރި ޓެރަރިސްޓު ހަމަލާކަމަށްވާ 3 ނޮވެމްބަރު 1988 ގެ އުދުވަނީ ހަމަލާގެ އެއް މޭސްތިރި, ސިއްކަ އަހުމަދު އިސްމާއިލް މަނިކު އަމިއްލަ އަށް އަރުވާލެވިގެން އަވަށްޓެރި ލަންކާގައި އުޅުމަށްފަހު ރާއްޖެ އައުމާ ގުޅިގެންނެވެ.

ސިއްކަ އަހުމަދު އިސްމާއިލް މަނިކު އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕައެވެ.

3 ނޮވެމްބަރު 1988 ގެ އުދުވަނީ ހަމަލާގައި އެންމެ އިސްކޮށް ދެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ ބުނެފައިވާ ގޮތުގައި ސިއްކަ ވަނީ މައުމޫނު މަރާލުމަށް އޭނާގެ ގާތުގައި ބުނެފައެވެ.

އެ މައްސަލާގައި ސިއްކަގެ މައްޗަށް ކުށް ސާބިތުވެ ސިއްކައަށް ޖަލު ހުކުމެއްއައެވެ. ނަމަވެސް ފަހުން ރައީސް މައުމޫން ވަނީ ސިއްކައަށް މާފު ދީ މިނިވަންކޮށްފައެވެ.


އެފަހުން ސިއްކަ ރާއްޖެ ދޫކޮށް ސްރީލަންކާއަށް ދިޔައީ 2004 ވަނަ އަހަރު ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވާން ފެށުމުން ހައްޔަރުކޮށްފާނެތީ ބިރުންނެވެ. އަމިއްލައަށް އަރުވާލައިގެން ލަންކާގައި ހުރިނަަމަވެސް ސިއްކަ ދިޔައީ މިހާރު ވެރިކަން ކުރާ އެމްޑީޕީއަށް ހަރަދު ކުރަމުންނެވެ. ލަންކާއަށް ބަދަލުވެ ސިއްކަވަނީ ފަހުން އިންޑޮނޭޝިއާ މީހަކާއި ކައިވެނިކޮށްފައެވެ.

ރާއްޖެއިން ބޭރުގައި 18 އަހަރު އުޅުމަށްފަހު ސިއްކަ ރާއްޖެ އައިސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. ސިއްކަ ރާއްޖެ އައި ހަބަރު ރާއްޖޭގެ ބައެއް މީޑިއާތަކުން ގެނެސްދިން ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ވަރަށް ގިނަ އާންމުން ކަންބޮޑުވުން ފާޅުކުރިއެވެ.

މި ލިއުމާއި ގުޅޭ