Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަލުތައް

ޖަލުގައި ހިންގި އޮޕަރޭޝަނުގައި ފޯނު، ސިމްކާޑު އަދި މަސްތުވާތަކެތި ހޯދައިފި

ކ.މާފުށީ ޖަލުގައި ޓެރަރިޒަމާއި ސްކޭމްތަކާ ދެކޮޅަށް ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަނަލް ސާވިސަސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން ފޯނާއި ސިމްކާޑާއި މަސްތުވާތަކެތި ހޯދިފައިވާކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.

ރޭ މެންދަމު 12:00 ގައި އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ކަރެކްޝަންސްގެ އޮފިޝަލަކު މައުލޫމާތު ދެއްވާފައިވެއެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މި އޮޕަރޭޝަނުގެ ތެރެއިން ޖަލުން ފެނުނު ތަކެތީގެ ތެރޭގައި ޖަލަށް ވެއްދުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ ފޯނާއި، ސިމްކާޑާއި، މަސްތުވާތަކެތި ހޯދާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަލުން މީހުންނަށް ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަރަށް ބޮޑަށް ގިނަވެފައިވެއެވެ. 2019 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް ފުލުހަށް ހުށަހެޅުނު ކޯލް ސްކޭމުގެ 1،423 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ޖަލުން ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މައްސަލަތައްކަމަށް ފުލުހުން ބުނެއެވެ.

ސްކޭމް ކޯލުތަކާއި ދެކޮޅަށް ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެކަމަށް ޚާއްޞަ ކޮންފަރެންސްއެއް ދާދިފަހުން ބާއްވާފައިވެއެވެ. އަދި ހުރިހާ އިދާރާއަކުން ގުޅިގެން އެކަން ހުއްޓުވަން މަސައްކަތްކުރުން މުހިއްމުކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން ޖަލުތައް ބަލައި އިންސްޕެކްޓުކުރުމުގެ އޮޕަރޭޝަންތައް ހިންގައެވެ. އެ އޮޕަރޭޝަންތަކުގައި ޖަލަށް ވެއްދުން މަނާ ތަކެތި ގިނަ އަދަދަކަށް އަތުލައިގަންނަ ނަމަވެސް އެ ތަކެތި ޖަލަށް އެތެރެކުރުމުގެ މައްސަލަ އޮންނަނީ ހައްލުނުވެފައެވެ.

މި ލިއުމާއި ގުޅޭ