Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރަންޓު

އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެއާއި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ކުންފުނިން އެފަދައިން ޓުވީޓުކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯގެ ޓުވީޓުގައި މެދުވެރިވި ޓެކްނިކަލް މައްސަލަ ހައްލުކުރެވި އަލުން ކަރަންޓު ދެވޭނީ ކޮން އިރަކުކަން ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ