Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ރައީސް ސޯލިހު އަމަލުކުރައްވަނީ ބޮޑު ސިއްކަގެ އޯޑަރަށް: ޑރ.ޖަމީލު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލުކުރައްވަނީ އެމަނިކުފާނުގެ ބަފައިބެ އަދި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި ކަމަށްވާ ސިއްކަ އަހުމަދު އިސްމާއިލްގެ އޯޑަރަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު މިހެން ވިދާޅުވީ 18 އަހަރަށްފަހު ބޮޑު ސިއްކަ ރާއްޖެ އައުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިގޮތުން ޑރ.ޖަމީލު ވިދާޅުވީ "މުޖުރިމު އަނބުރާ އަތުވެއްޖެ" ކަމަށާއި ބާރުވެރިކަން ހަގީގަތުގައި އޮތީ އޭނާގެ އަތުގައި ކަމަށެވެ. އަދި އޭނާގެ ދަނބިދަރިފުޅު [ރައީސް ސޯލިހް] ދަނީ ސާހިބުމީހާގެ އަމުރުތަކަށް ބޯލަނބަމުން ކަމަށެވެ.

މީގެ އިތުރުން ޑރ.ޖަމީލު ވިދާޅުވީ ނޮވެމްބަރު 3 ގެ ހަމަލާގެ ބިރުވެރިކަމުން ދިވެހި އަދިވެސް އަރައި ނުގަންނަ ކަމަށާއި އެ ދުވަހު ޝަހީދުވި 19 ދިވެހިންގެ ލޭ ސިއްކަގެ އަތުގައި ހޭކިފައިވާކަމަށެވެ.

3 ނޮވެމްބަރުގެ ހަމަލާއާއި ގުޅިގެން ސިއްކައަށް ކުށް ސާބިތުވެ ޖަލަށްލާފައިވެއެވެ. އެފަހުން ޖަލުން މިނިވަންވުމުން ގިނައިން އުޅެފައިވަނީ ރާއްޖެއިން ބޭރުގައެވެ. އަދި 2004 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ޖަލަށް ދާންޖެހިދާނެތީ ބިރުން ސިއްކަ ވަނީ ރާއްޖެ ދޫކޮށް ސްރީލަންކާއަށް ބަދަލުވެފައެވެ. އޭގެ 18 އަހަރު ފަހުން ސިއްކަ އަނބުރާ ރާއްޖެ އައިސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

މި ލިއުމާއި ގުޅޭ