ގޮވާތަކެތި ހޯދައި ޓެރަރިޒަމްގެ މައްސަލަތަކަށް ހާއްސަ ކުއްތާތަކެއް ފުލުހުން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހިދުމަތުގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި އެ 10 ކުއްތާއަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެކެވެ.
މިދިޔަ ޖުލައި މަހު ރާއްޖެ ގެނައި އެ ކުއްތާތައް، މިދިޔަ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައި ވަނީ ބޭނުންކޮށްފަ އެވެ.
އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިވަގުތު 25 ކުއްތާ އެބަ ގެންގުޅެ އެވެ.