Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

މިދިޔަ މަހުގައި ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން ބަލައިގަތީ %38 މައްސަލަ

ފާއިތުވި ނޮވެމްބަރު މަހުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން އެ އޮފީހަށް ބަލައިގަނެފައިފައިވަނީ 38 އިންސައްތަ މައްސަލަކަން އެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

މަހަކު އެއްފަހަރު ޕީޖީ އޮފީހުން އާންމުކުރާ ތަފާސްހިސާބުގެ ތެރެއިން ނޮވެމްބަރު މަހުގެ ހިސާބުތަކަށް ބަލާއިރު އެ މަހުގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ޖުމްލަ 273 މައްސަލައެއް ފޮނުވާފައިވެއެވެ.

ތަހުގީގީ އިދާރާތަކުން ފޮނުވި 273 މައްސަލައިގެ ތެރެއިން އެ އޮފީހަށް ބަލައިގަނެފައިވަނީ 103 މައްސަލައެވެ. އެއީ އެ އިދާރާއަށް ހުށަހެޅުނު މައްސަލަތަކުގެ 38 އިންސައްތަ މައްސަލައެވެ. އެ އޮފީހަށް ނޮވެމްބަރު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 25 އިންސައްތަ މައްސަލަ އިތުރު މައުލޫމާތު ސާފުކުރުމަށް އަނބުރާ ތަހުގީގީ އިދާރާތަކަށް ފޮނުވާފައިވެއެވެ. އެއީ 69 މައްސަލައެކެވެ.

އަދި ނޮވެމްބަރު މަހު ޕީޖީ އޮފީހަށް ތަހުގީގީ އިދާރާތަކުން ފޮނުވި މައްސަލަތަކުގެ ތެރެއިން 15 އިންސައްތަ މައްސަލާގައި ދައުވާނުކުރުމަށް އެ އޮފީހުން ނިންމިއެވެ. އެއީ ޖުމްލަ 41 މައްސަލައެކެވެ.

ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ ބޭނުންކުރުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 87 މައްސަލައެއް ނޮވެމްބަރު މަހުގައި ފޮނުވާފައިވެއެވެ. އަދި ވައްކަމުގެ 38 މައްސަލައެއް އެ މަހުގައި ޕީޖީ އޮފީހަށް ދައުވާކުރުމާމެދު ގޮތެއް ނިންމަން ފޮނުވާފައިވެއެވެ.

ނޮވެމްބަރު މަހު އެންމެ ގިނައިން މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ފުލުހުންގެ ޚިދުމަތުންނެވެ. އެ އިދާރާއިން ޕީޖީ އޮފީހަށް 260 މައްސަލައެއް ފޮނުވާފައިވެއެވެ. އެ މަހުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކުރަން 8 މައްސަލައެއް ހުށަހަޅާފައިވާއިރު ނެޝަނަލް އިންޓަގެރިޓީ ކޮމިޝަނުންވެސް މައްސަލައެއް ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުން އެދި ފޮނުވާފައިވެއެވެ.

މި ލިއުމާއި ގުޅޭ