Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޮޑިޓާ ޖެނެރަލް

ބޭރުގެ ދެ އިދާރާއަކާ ގުޅިގެން އެކައުންޓިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވަނީ

ފައިނޭންސާއި އެކައުންޓިން އަދި ބިޒްނަސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރުތައް އިތުރުކުރުމަށް ބޭރުގެ ދެ އިދާރާއަކާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އެމެރިކަން އިންސްޓިޓިއުޓް އޮފް ސީޕީއޭ އާއި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (އޭއައިސީޕީއޭ އެންޑް ސީއައިއެމްއޭ) ތަމްސީލުކުރާ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް ސެޓިފައިޑް ޕްރޮފެޝަނަލް އެކައުންޓެންޓްސް އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އެވެ.
އެއީ އައިސީޕީއޭ އާއި ސީއައިއެމްއޭ އަދި ސީއޭ މޯލްޑިވްސްއާއި ގުޅިގެން ފައިނޭންސް، އެކައުންޓިންގ އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަރު ފަހިކޮށްދިނުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އެކި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަންނީ، ޑިޖިޓަލް، އަދި ލީޑާޝިޕް ގެ ހުނަރުތައް ކުރިއެރުވުމަށް ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ޕްރޮފެޝަނަލުންނަށް އެހީތެރިވެ ދެވޭނެ އެވެ. އެގޮތުން އެފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮންލައިން ކޯސްތަކާއި ވެބިނާތަކާއި ކޮންފަރެންސްފަދަ ވަސީލަތްތަކަށް އެކްސެސް ލިބިގެންދާނެ އެވެ.
ސީއައިއެމްއޭގެ ސީޖީއެމްއޭ ޕްރޮފެޝަނަލް ކޮލިފިކޭޝަން ފުރިހަމަކޮށް ޗާޓާޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓެންޓް (ސީޖީއެމްއޭ)ގެ މަގާމު ހާސިލުކުރުމަށް އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖޭގައި ގާބިލު މެނޭޖްމަންޓް އެކައުންޓެންޓުން އިތުރުކުރުމަށް އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ ކަމަށް އެފަރާތުން ބުނެ އެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން މެނޭޖްމަންޓް އެކައުންޓިން ޕްރޮފެޝަނާއި އެ ދާއިރާއިން ހުރި ވަޒީފާގެ ފުރުސަތުތަކާމެދު ޔުނިވާސިޓީގެ ދަރިވަރުންނާއި، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ޕްރޮފެޝަނަލުން ގުޅިގެން ހޭލުންތެރިކަން އިތުރުކުރެވިގެންދާނެ އެވެ.
މި ލިއުމާއި ގުޅޭ