Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތ.ގުރައިދޫ

ގުރައިދޫ މަގު ހެދުމުގެ މަސައްކަތް ފަސްކުރެވިފައި، ރައްޔިތުންނަށް ބޮޑެތި އުނދަގޫތައް!

ތ. ގުރައިދޫ މަގު ހެމުގެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ ބަޖެޓުގައި އެރަށަށް ހިމާނާވީ ޕްރޮޖެކްޓެއްނަމަވެސް އެ މަސައްކަތް ފަސްކުރެވިފައިވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށް ގުރައިދޫ ކައުންސިލުން ބުނެފިއެވެ.

2022 ވަނަ އަހަރަށް ގުރައިދޫއަށް ބަޖެޓްކޮށްފައިވާ މަޝްރޫތަކާއި ގުޅިގެން މައުލޫމަތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު "ދިޔަރެސް"އަށް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މި އަހަރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާނެކަމަށް ސަރުކާރުން ކައުންސިލަށް އަންގާފައިވާކަމަށާއި ނަމަވެސް މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާކަމަށެވެ.

އޭނާ ވިދާޅުވީ ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ނުހިނގޭ ވަރުވެފައިވާކަމަށާއި މަގު ހެދުމުގެ މަޝްރޫއު ވިހާވެސް އަވަރަށް ހިންގައި ދިނުމަކީ ރައްޔިތުން އެދޭ ގޮތްކަމަށެވެ.

"މިހާރުވެސް ނުހިނގޭ މަގުތައް ގިނަވާނީ. މިއަދުވެސް ވާރޭ ވެހޭތީ ސްކޫލާއި އޮފީސްތައް ހުންނަ މައި މަގުއެއީ މިރަށުގެ ބޮޑު މަގުގައި ހިނގާފައި ނޫޅެވޭ ވަރަށް ބޮޑަށް ފެންބޮޑުވެފައިއެވަނީ" އަލީ ރަޝީދު ވިދާޅުވިއެވެ.

ގުރައިދޫ މަގު ހެދުން ފަސްކޮށްފައިވާއިރު 2022 ގެ ބަޖެޓުގައި އެ މަޝްރޫއަށް 57,330 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި 2023 ގެ ބަޖެޓުގައި އެ މަޝްރޫއަށް 108,389 ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ މަޝްރޫއަށް މުޅި ޖުމުލަ ކަނޑައަޅާފައިވަނީ 28,400,622 ރުފިޔާއެވެ.

މަގު ހެދުމުގެ މަޝްރޫއު މަޑުޖެހިފައިވާ މައްސަލައަށް ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން އަލީ ރަށިދު ވަނީ ޒުވާނުންގެ އެހެން ކަންބޮޑުވުމެއްވެސް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެރަށުގެ ފުޓްސަލް ދަނޑު މަރާމާތު ކޮށްދިނުމަށް އެދި ވަރަށް ގިނަ ފަހަރު މިނިސްޓްރީގައި އެދިފައިވާނެކަމަށާއި ނަމަވެސް އެ މައްސަލައަށް ހައްލު ލިބިފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ ޓާފް ދަނޑެއްގެ ގޮތުގައި އެރަށުގައި އޮތީ ފުޓްސަލް ދަނޑު އެކަނިކަމަށާއި އެއީ 2017 ގައި ގާއިމުކޮށްފައިވާ ދަނޑެއްކަމަށެވެ. އެހެންވެ ދަނޑު ބާވެ މަރާތުކުރަން ޖެހިފައިވާކަމަށާއި އެކަމު މި އަހަރު އެކަންވެސް ނުވާނެކަމަށް ސަރުކާރުން ބުނެފައިވާކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.

2022 ވަނަ އަހަރަށް ގުރައިދޫއަށް ބަޖެޓުކޮށްފައިވާ މަޝްރޫއަތަކުގެ ތެރެއިން 3 ޕްރޮޖެކްޓެއްގެ މަސައްކަތް މި އަހަރު ނިމޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. އެއީ އެރަށު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމާއި އެރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތާއި ގުރައިދޫ ސްކޫލް މަލްޓި ޕާޕަސް ހޯލުގެ މަސައްކަތެވެ.

އަލީ ރަޝީދު ވިދާޅުވީ ގުރައިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މި އަހަރު އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އޭނާއަށް ނޭނގޭ ކަމަށާއި ނަމަވެސް ދެން އިން ދެ ޕްރޮޖެކްޓް އަންނަ އަހަރު ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ގުރައިދޫ ސްކޫލް މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ނިމޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މަސައްކަތް އަދި ނިންމިފައި ނުވާއިރު އެ މަސައްކަތް ލަސްވެގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްތަކުގެ އިތުރުން ތ.އަތޮޅު މަދަރުސާގައި 6 ކްލާސްރޫމާއި ހެލްތުރޫމެއްގެ އިތުރުން ކައުންސެލިން ރޫމް އިމާރާތް ކުރުމަކީވެސް 2022 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމްނާފައިވާ ކަމެކެވެ. އެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވާކަން އަލީ ރަޝީދު ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ