Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

ނަކްބާގެ ވާހަކަތައް ކިޔައިދޭ ފިލްމު "ފަރްޙާ" ނެޓްފްލިކްސްއަށް އައުމާއެކު އިސްރާއީލު މީހުން ރަތަށް!

ފަލަސްޠީނުގެ ގިނަ އަދަދެއްގެ ބަޔަކު އިސްރާއީލުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން އެމީހުންގެ ގެދޮރުން ނެރުނު އަނިޔާވެރި އަމަލު ނުވަތަ 1948 ވަނަ އަހަރުގެ ނަކްބާގެ ހާދިސާތަކުގެ މައްޗަށް ކުޅެފައިވާ ފިލްމު "ފަރުހާ" ނެޓްފްލިކްސްގައި ދައްކަން ފެށުމުން އިސްރާއީލުގެ ގިނަ ބައެއްގެ ފާޑުކިޔުން އެ ފިލްމަށާއި ނެޓްފްލިކްސަށް އަމާޒުވެއްޖެއެވެ.

އުރުދުނަށް ނިސްބަތްވެވަޑައިގަންނަވާ ފިލްމު އުފެއްދުންތެރިޔާ ދާރިން ސައްލާމްގެ "ފަރުޙާ" ފިލްމަކީ "ސައްހަ ނޫން ރިވާޔަތެއް (ނެރޭޓިވްއެއް) ބިނާކުރާ" ފިލްމެއްކަމަށް އިސްރާއީލު މީހުން ބުނެފައިވެއެވެ. ނަކްބާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން 700،000 ފަލަސްޠީނު މީހުން އެމީހުންގެ ގެދޮރުން ބޭރުކޮށްފައިވެއެވެ.

ފަރްޙާގައި ދައްކުވައިދެއްނީ ފުރާވަރުގެ އަންހެންކުއްޖެއްގެ ކުރިމަތީގައި އޭނާގެ އާއިލާ ޤަތުލުކޮށްލުމުން ހިނގާ ކަންކަމެވެ. ޤަތުލުކޮށްލާ އާއިލާގެ ތެރޭގައި ތުއްތުކުއްޖެއްވެސް ހިމެނެއެވެ. އެ އާއިލާ ޤަތުލުކޮށްލަނީ އޭނާގެ ރަށަށް 1948 ވަނަ އަހަރު ވެރިވެގަތް އިސްރާއީލުގެ ހަތިޔާރު އެޅި ޖަމާއަތްތަކުންނެވެ.

އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ފިނޭންސް މިނިސްޓަރު އަވިގްޑޯ ލީބާމެން ބުނެފައިވަނީ އިސްރާއީލު ސިފައިންނާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި އެކަނި އުފައްދާފައިވާ ފިލްމެއް ނެޓުފުލިކްސްގައި އެޅުވުމަކީ ބަލައިނުގަނެވޭނެ މޮޔަ ކަމެއް ކަމަށެވެ.

އިސްރާއީލުގެ ކަލްޗަރަލް މިނިސްޓަރު ހިލި ޓްރޮޕާ ބުނެފައިވަނީ އެ ފިލްމު އިސްރާއީލުގެ ތިއޭޓަރުތަކުގައި ދެއްކުމަކީ ލަދުވެތި ކަމަށެވެ. އަދި އެ ފިލްމުގައި ހިމެނެނީ ދޮގާއި ޚިޔާލީ ވާހަކަތައް ކަމަށެވެ.

ފިލްމު އުފެއްދި ސައްލާމް ބުނެފައިވަނީ އެ ފިލްމު އުފައްދާފައިވަނީ ހަގީގީ ހާދިސާތަކުގެ ަމއްޗަށް ބިނާކޮށްފައި ކަމަށެވެ. އަދި އެ ފިލްމު އެކުލަވައިލީ އޭނާ ކުޑައިރު ފަލަސްޠީނަށް ނިސްބަތްވާ އޭނާގެ ބައްޕަ ކިޔައިދިން ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

1948 ވަނަ އަހަރުގެ ނަކްބާގައި އިސްރާއީލުގެ ބާރުތަކުން ފަލަސްޠީނުގެ ގެތަކަށް އަރައި އާއިލާތައް މަރައި އެ ޖަރީމާތަކުގެ ޚަބަރުތައް އާންމުކުރިއެވެ. އެ ޚަބަރުތައް އާންމުކުރުމުގެ ބޭނުމަކަށްވީ އެ ޚަބަރުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި ނާމާންކަމުގެ ސަބަބުން އިތުރު އާއިލާތަކުން ގެތައް ދޫކޮށް ހިޖުރަކުރުވުމެވެ.

އިސްރާއީލު މީހުން މި ފިލްމާމެދު ނުރުހި ރުޅިގަދެވެފައިވާއިރު ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ގިނަ ބަޔަކުވަނީ އެ ފިލްމަށް ތާރީފުކުރައްވައި، އިސްރާއީލުން ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން އެ ފިލްމު ނެޓްފްލިކްސްއިން އުނިނުކުރުމަށް ބާރުއަޅާފައެވެ.

މި ލިއުމާއި ގުޅޭ