Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

21 އަހަރުގެ ރާމޯސްގެ ފުރަތަމަ ފެނިލުން ވެސް ވަރަށް ތަފާތު!

ފީފާ ވާލްޑް ކަޕްގައި ރޭ ޕޯޗުގަލް އާއި ސްވިޒަލެންޑް ބައްދަލުކުރިމެޗްގައި ޕޯޗްގަލްގެ ކޯޗް ވަނީ އެޓީމުގެ ފުރަތަމަ 11 އަށް ވަރަށް ބޮޑު ބަދަލެއް ގެނެސް ސަޕޯޓަރުން އުފާކޮށްދީފައެވެ.

އެގޮތުން ރޭގެ މެޗުގައި އެޓީމުގެ ތަރި އަދި ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯގެ ބަދަލުގައި މެޗުގެ ފުރަތަމަ އެގާރައިގައި ބެންފީކާގެ 21 އަހަރުގެ ފޯވާޑް، ރާމޯސް ހިމަނައިފައެވެ.

ގިނަ ބަޔަކުތިބީ ރޮނަލްޑޯ އާ ނުލައި ކުއާޓާ ފައިނަލަށް ދެވޭނެތޯ ޝައްކެއްގެ މަތީގައެވެ. ނަމަވެސް ރޮނަލްޑޯގެ ބަދަލުގައި ކުޅެން އަރައި މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ. އަދި މިއީ އޭނާގެ ކުޅޭ ފުރަތަމަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗެވެ. ރާމޯސް ހެޓްރިކް ހެދުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ވަނީ ލިބިފަ އެވެ.

މީގެ ކުރިން ވޯލްޑް ކަޕްގެ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ފުރަތަމަ މެޗުގައި މީގެ ކުރިން ހެޓްރިކް ހެދީ 2002 ވަނަ އަހަރު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރާމޯސް ގެންދަން ޕީއެސްޖީ އިން މަސައްކަތްކުރި އެވެ. ނަމަވެސް އަދި އޭނާ ހުރީ ބެންފީކާގައެވެ.

ރޭގެ މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ރާމޯސް ވަނީ ގޯލު ހުޅުވައިދީފަ އެވެ. އަދި ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ޑިއޯގޯ ޑަލޯ ނަގައިދިން ހުރަހަކުން ރާމޯސް ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ.

ރާމޯސް މެޗުގައި ހެޓްރިކް ހެދީ 67 ވަނަ މިނެޓުގަ އެވެ. ފީލިކްސް ދިން ބޯޅަ ރާމޯސް ގޯލަށް ވައްދާލީ ހަމަޖެހިލާފައި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

މިއާއެކު ރާމޯސްއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފައެވެ. އަދި ކޯޗް ބޭނުންވި ފަދަ ކުޅުމެއް އޭނާ ވަނީ ދައްކައިދީފައެވެ.

މި ލިއުމާއި ގުޅޭ