Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާފުށި ޖަލު

މާފުށި ޖަލު ބަލާ ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

ދިވެހި ސިފައިން އަދި ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައި ޚާއްސަ އޮފަރޭޝަނެއް ރޭ ފަށައިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި އޮޕަރޭޝަނަކީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ހިންގާ އޮފަރޭޝަނެއްކަމަށެވެ.

ކަރެކްޝަނުން ދާދިފަހުން ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާ ތަކެއްޗާއި އެކު ކަރެކްޝަނުގެ އޮފިސަރެއް ހައްޔަރުކޮށްފައެވެ.

އޭނާގެ އަތުން މަސްތުވާ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފޯނު ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ މައްސަލަތައް ކުރިއާ ޚިލާފަށް މިހާރު އިތުރުވެފައިވާ ކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިފަދަ އަމަލުތައް ހިންގަނީ ޖަލުގެ އޮފިސްރުންނާ ގުޅިގެން ކަމަށް އަބަދުވެސް ވާހަކަ ދެކެވެއެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ހިނގި ނަމަވެސް މިފަހަކަށް އައިސް މިފަދަ މައްސަލަތައް ގިނަވެ އެތަކެއް އާންމު ރައްޔިތުންނަށް ވަނީ މިކަމުގެ އުނދަގޫ ޖެހިފައެވެ.

މި ލިއުމާއި ގުޅޭ