Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލް މިރޭގެ މެޗް ފެށީ ރޮނަލްޑޯ ނުހިމަނައި

ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ޕޯޗުގަލް މިރޭ ސުވިޒެލެންޑާއި ދެކޮޅަށް ކުޅޭ މެޗް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ނުހިމަނައި ފަށައިފިއެވެ.

އުމުރުން 37 އަހަރުގެ ރޮނަލްޑޯގެ ބަދަލުގައި އެމަގާމަށް ކުޅޭނީ ބެންފީކާ އަށް ކުޅޭ ފޯވާޑް ގޮންސާލޯ ރާމޯސްއެވެ.

ރޮނަލްޑޯ ނުހިމަނަން ކޯޗު ނިންމާފައިވަނީ އެދެމީހުންގެ ދެމެދުގައި މައްސަލަ ތަކެއް ޖެހިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ޕޯޗުގަލްގެ ކޯޗު ބުނީ ރޮނާލްޑޯގެ އަމަލާ ގުޅިގެން ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

އެކަމަކު، އެ މައްސަލަ ހައްލުކޮށްފައިވާ ކަން ކޯޗު ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދީފައެވެ. ރޮނާލްޑޯ ކުޅެން އެރުވުމާ ބެހޭ ގޮތުން ޕޯޗުގަލްގެ ކޯޗު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މިރޭ ރޮނަލްޑޯ ފުރަތަމަ 11 ގައި ހިމެނުމާ މެދު ޕޯޗުގަލްގެ ސަޕޯޓަރުންގެ ދެމެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

އެއާއެކު ޕޯޗުގަލްގެ ބައެއް ނޫސްތަކުން ނެގި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މިރޭގެ މެޗުގައި ރޮނާލްޑޯ ބައިންދަން ފެންނަނީ ބެންޗުގައެވެ. އަދި މަދު ބަޔަކު ބޭނުންވީ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާށެވެ.

މި ލިއުމާއި ގުޅޭ