Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫއާ ގުޅިގެން ބޭއްވި މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ނިންމާލައިފި

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ބާއްވަމުން އަންނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ދެވަނަ ކާނިވަލް ނިންމާލައިފިއެވެ.

އެމްއެމްޑަބްލިއުއެމްއިން މި އަހަރުގެ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ބޭއްވީ އުރީދޫ މޯލްޑިވްސްއާ ގުޅިގެންކަމަށްވާއިރު މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ލީގަލް އެވެއާނެސް ކޭމްޕެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ. މި ހަރަކާތް ބޭއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު އާއި ހައިކޮމިޝަނާ އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ، އޭއެމްޖޭ ޞާދިޤު އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ސަޗިން ސަރްނާ ބައިވެރިވެވަޑަގެންފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންފައިވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. މި މުވާރާތުގައި 20 ޓީމު ބައިވެރިވެފައިވާއިރު މުބާރާތް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝްއިންނެވެ. މި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑަރު އަދި ބޯލަރަށް ވެސް އެވޯޑް ދީފައިވެއެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެކުވެނި ކްރިކެޓް ދަނޑުގައެވެ. އެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ސްރީލަންކާގެ ހައިކޮމިޝަނަރު، އޭއެމްޖޭ ސާދިގު އާއި ޕާކިސްތާނުގެ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފަޔާޒް އާއި ބަންގަލްދޭޝްގެ ހައިކޮމިޝަނަރު ރިއާ އެޑްމިރަލް އަބުލް ކަލާމް އަޒާދު އާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އަދި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، ސަޗިން ސަރްނާގެ އިތުރުން ޕާޓްނަރ އޯގަނައިޒޭޝަންތަކުގެ މަންދޫބުންނެވެ.

މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަޤްސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުގައި ކްރިކެޓް ކާނިވަލަކީ ޖަމިއްޔާއަށް 2 އަހަރު ފުރުން ފާހަގަކުރާ އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް ބާއްވާ ހާއްސަ ހަރަކާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ