Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

މާރިޔާ ދީދީ ކޯސްޓުގާޑު އުޅަނދުތައް އަމިއްލަ ކަންކަމަށް ބޭނުންކުރާ މައްސަލަ އޭސީސީއަށް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަމިއްލަ ބޭނުންތަކަށް ކޯސްޓުގާޑު އުޅަނދުތައް ބޭނުންކުރައްވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މި މައްސަލާގައި ބުނެފައިވާ ގޮތުގައި މާރިޔާ ދީދީ ދަނީ ކޯސްޓުގާޑު އުޅަނދުތައް އަމިއްލަ ކަންކަމަށް ބޭނުން ކުރަމުންނެވެ. މިގޮތުން ހަފްތާ ބަންދުތަކުގައި ކޯސްޓުގާޑުގައި ޕިކުނިކު ދިޔުން ފަދަ ކަންކަން ކުރާ ކަމަށް އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.

ދާދިފަހުން މާރިޔާ އާއި ފިރިކަލުން އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގައި ލިއަނާޑޯ ޑީކެޕްރިއޯ އަދި ކޭޓް ވިންސްލެޓް ޓައިޓޭނިކް ބޯޓުގެ ދިރުނބާކޮޅުގައި ހުއްޓިގެން ތިބޭ ގޮތަށް ތިބެގެން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.

މި ވީޑިއޯއާއި ގުޅިގެން މިއީ ކޮންބޭނުމަކު ކުރެއްވި ދަތުރެއްތޯ އަދި މި ދަތުރުގެ ތެލުގެ ހަރަދާއި އެހެނިހެން ހަރަދުތައް ހަމަޖެއްސީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން މާރިޔާ ދީދީ ވަނީ އަމިއްލަ ބޭނުމަކަށް ކޯސްޓުގާޑު ބޭނުން ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެ ވީޑިއޯ ކުޅުނު ދަތުރަކީ އެމްއެންޑީއެފްގެ ރަސްމީ އޮަޕަރޭޝަނެއްތޯ ސުވާލު ކުރުމުން އެމްއެންޑީޢެފުން ވަނީ މިނިސްޓަރުގެ ދަތުރުތަކާއި ގުޅޭ މައުލޫމާތު ޑިފެންސް މިނިސްޓްރީން ހޯދުމަށް އެދިފައެވެ.

އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރު، ރައީސް މައުމޫންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ އިސްވެރިން ބޭނުންކުރެއްވުމެވެ. އެހެން ނަމަވެސް އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރުގެ ފަރާތްތަކުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ނުކުރާވަރަށް ބޭނުން ކުރެއެވެ.
މި ލިއުމާއި ގުޅޭ