Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމުން ޖަލަށް ލާ ބިލު އިންޑޮނޭޝިއާގައި ފާސްކޮށްފި

ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގައިފި ނަމަ 1 އަހަރަށް ޖަލަށް ލެވޭ ގޮތަށް ހެދި ބިލު އިންޑޮނޭޝިޔާގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ގާނޫނާއެކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގައިފި ނަމަ އެ ގައުމުގެ ރައްޔިތުންގެ އިތުރުން އެގައުމުގައި އުޅޭ ބޭރުގެ ރައްޔިތުން ވެސް ޖަލަށް ލެވޭނެއެވެ.

މި ބިލުގެ ދަށުން ކައިވެނީގެ ބޭރުން ދެމީހަކު ނުވަތަ ބަޔަކު ޖިންސީ ގުޅުން ހިންގިކަމަށް މީހަކު މައްސަލައެއް ޖައްސައިގެން އެ މައްސަލައެއް ބަލައި ސާބިތު ވެއްޖެ ނަމަ 1 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިނދެގެން އުޅޭ ދެމީހުންގެ ތެރެއިން އެކަކު، ހިލޭ އަންހެނެއް ނުވަތަ ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގިޔަސް މި ގާނޫނުގެ ދަށުން ދައުވާ ކުރާނެއެވެ. މި ގާނޫނުގައި ކައިވެންޏެއް ނުކޮށް ތިބި ދެމީހަކު ޖިންސީ ގުޅުން ހިންގައިފި ނަމަ އެ މައްސަލަ އެ ކުދިންގެ މައިންބަފައިންނަށް ވެސް ރިޕޯޓު ކުރެވޭނެ ހަމަތައް ބަޔާންކޮށްފައިވެއެވެ.

2019 ވަނަ އަހަރުވެސް ފާސްކުރަން މަސައްކަތް ކުރި މިގާނޫނުގެ މަސައްކަތް އޭރު ނުކުރެވުނީ އޭރު އޮތް ޑްރާފްޓާ ގުޅިގެން އެތައް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކޮށް ތަންތާ ހުޅުޖަހާ ބޮޑު ހަމަނުޖެހުމެއް އުފެއްދުމާ ގުޅިގެންނެވެ.

އިންޑޮނޭޝިއާގައި ދެފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު 77 އެތިފަހަރުން ހައްދު ޖެހާފައިވާއިރު އަންހެނަކާއި ފިރިހެނަކު މާ ގައިގޯޅިކޮށް ހުރި މައްސަލައެއްގައި ދެމީހުންގެ ގައިގައި 20 އެތިފަހަރުން ހައްދު ޖަހާފައިވެއެވެ.

މީގެއިތުރުން އެ ގައުމުގައި މަސްތުގެ ހާލުގައި ތިބި 2 ފިރިހެނެއްގެ ގައިގައި 40 އެތިފަހަރުންވެސް ހައްދު ޖަހާފައިވެއެވެ.

މި ލިއުމާއި ގުޅޭ