Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކ.ގުރައިދޫ

މި އަހަރު ގުރައިދޫގައި ހިންގަން ބަޖެޓުކުރި ގިނަ މަޝްރޫޢުތައް ނުފެށޭ، ހިއްކި ބިން ގިރަމުންދަނީ

ކ.ގުރައިދޫގައި ހިންގުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ނުފެށި އޮއްވައި މި ސަރުކާރުން އެ ރަށުގައި ހިއްކި ބިމާއި، އެ ރަށުގެ ފަޅު ތެރެއިން ހިއްކި ޕިކްނިކް އައިލެންޑު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

2022 ވަނަ އަހަރުގެ ބަޖެޓުގައި ގުރައިދޫގައި 10.7 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހިމަނާފައިވާއިރު، އެއިން ގިނަ މަޝްރޫޢުތައް އަދިވެސް ފެށިފައިނުވާކަމަށް އެ ރަށު ކައުންސިލުގެ ރައީސް ހުސައިން ޔާމީން "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އެގޮތުން އެ ރަށުގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް ބަޖެޓުގައި 3 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް އަދި މިހާތަނަށް އެ މަޝްރޫޢު ނުފެށޭކަން ޔާމީނު ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢު ނުފެށޭ ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ އެކަމަށް ބޭނުންވާ ބިން ހަމަނުޖެހުންކަމަށްވީ ނަމަވެސް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ނިންމައި އެކަމަށް ބިން ކަނޑައަޅާފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.

ބިން ކަނޑަނާޅައިގެންކަމަށް ބުނެ 200،000 ރުފިޔާގެ ބަޖެޓެއް ދީފައި އޮތް 8 ކުލާސް ރޫމް ބިނާކުރުމުގެ މަޝްރޫޢު ނުފަށައި އޮތް ނަމަވެސް އެކަމަށްވެސް ބިން ކަނޑައަޅާފައިވާކަމަށް ޔާމީނު މައުލޫމާތު ދެއްވިއެވެ.

އަދި ބަޖެޓުގައި ގުރައިދޫގެ ނަރުދަމާ އަޕްޑޭޓުކުރުމަށް 1.1 މިލިއަން ރުފިޔާ ހިމަނާފައި އޮތްއިރު އަހަރު ނިމެން މަސް ދުވަހަށްވުރެ ކުޑަތަންވެފައިވާއިރު އެ މަޝްރޫޢުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައިނުވާކަން ޔާމީނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެ ރަށުގެ ކުނިކޮށީގެ މަސައްކަތްވެސް ނުފެށޭކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ރަށުގައި މި ސަރުކާރުން ހިއްކާފައިވާ ސަރަހައްދާއި އެ ރަށް ކައިރިން ހިއްކި ޕިކްނިކް އައިލެންޑު އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. އެގޮތުން އަލަށް ހިއްކި ސަރަހައްދު އެކި ދިމާލުން ގިރަމުންދާއިރު، ޕިކްނިކް އައިލެންޑުވެސް ވަރަށް ބާރަށް ގިރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ