Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެއްޖިންސުން ގުޅުން ހިންގުން

އެއްޖިންސުން ގުޅުންހިންގި ފުލުސް މީހާ ޖަލުގައި ހުރި އޭސީ ކުރި ކޮޓަރިއަކަށް ބަދަލުކޮށްފި

ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގުމުގެ ކުށް ސާބިތުވި ފުލުހެއް ކަމުގައިވާ އަބްދައްރަހުމާން ރަފީއު (ދޮންދިގު) ވީއައިޕީ ގޮޅިއަކަށް ބަދަލުކޮށްފިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަބްދުއްރަހުމާނު ރަފީއު 1 އަހަރާއި އެއްމަހަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އޭނާ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައީ މާފުށީ ޖަލުގެ ޔުނިޓު 2 ގެ ގޮޅިއެއްގައެވެ. އެ ޔުނިޓުގެ ގޮޅިތަކަކީ އެންމެ އާދައިގެ ގޮޅިތަކެވެ.

އެހެން ނަމަވެސް ދާދިފަހުން ސަރުކާރުން އަންގައިގެން އޭނާ ވަނީ ޔުނިޓު 10 އެއްގެ ވީއައިޕީ ވިންގެއްގެ ކޮޓަރިއަކަށް ބަދަލުކޮށްފައެވެ. އެ ކޮޓަރިތައް ހުންނަނީ އޭސީކޮށްފައި، އެނދު ބަހައްޓާފައި އަދި އަރާމުގައި ހުރެވޭ ގޮތަށެވެ. ކުރީގެ ރައީސް ނަޝީދު، އަދި ރައީސް ޔާމީންވެސް ޖަލު ހުކުމުގައި ތިއްބެވީ ޔުނިޓު 10 އެއްގެ ވީއައިޕީ ވިންގެއްގައެވެ. ޔުނިޓު 10 އެއްގައި އެންމެ ވިންގެއް ފިޔަވައި ދެން ބާކީ ހުންނަނީ ވީއައިޕީ ވިންގުތަކެވެ. ވީއައިޕީ ނޫން ވިންގުގައި މިވަގުތު ތިބީ މޭއި 6 ގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި މީހުންނެވެ.

އަބްދުއްރަހުމާން ރަފީއަށް މިފަދަ ހާއްސަ އިނާޔަތެއް ދީފައިވާއިރު، އޭނާގެ އަދަބު ބޮޑުވެގެން އެ އަދަބު ކުޑަކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

މިގޮތުން ޕީޖީ އޮފީހުން އެދިފައިވަނީ އޭނާގެ 1 އަހަރުގެ ހުކުމް 7 މަހާއި 7 ދުވަހަށް ލުއިކޮށްދިނުމަށެވެ.

އެއް އަހަރު ދުވަހުގެ ޖަލު ހުކުމް ބޮޑުވެގެން އެއް ޖިންސުން ގުޅުންހިންގި މީހުންގެ އަދަބު ލުއިކުރަން ޕީޖީން މަސައްކަތް ކުރާއިރު، އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ އެންމެންގެ މައްޗަށް ދައުލަތުން ދައުވާ ކުރީވެސް ލުއި އަދަބު ލިބޭ ގޮތަށެވެ.
އެމީހުންގެ މައްޗަށް ގާނޫނުލްއުގުބާތުގެ ދަށުން ދައުލަތުން ދައުވާ ކުރާއިރު، ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ.
މި ލިއުމާއި ގުޅޭ