މިހާރު ފަށައިގެން އުޅޭ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ބަލާއިރު "ހެލްތީ ސްނެކް"އެއް ބޭނުން ކުރުން ނުވަތަ ސިއްހަތަށް ފައިދާހުރި އެއްޗެހި ކައިބޮއެ ހެދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
މި އިލްތިމާސް އެޗްޕީއޭއިން ކޮށްފައިވަނީ މިކަމާއި ގުޅިެގން އިއްޔެ ކުރި ޓްވީޓެއްގައެވެ.
"ވާލްޑް ކަޕްގެ އެންމެ ގަޔާވާ ޓީމަށް ސަޕޯޓް ކުރާއިރު ހެލްތީ ސްނެކެއް އިޚްތިޔާރު ކުރޭ. މިގޮތުން ލޮނު، ހަކުރު އަދި ތެޔޮ އެކުލެވޭ ބާވަތްތައް މަދުކުރެވިދާނެ،" އެޗްޕީއޭގެ ޓްވިޓުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓުގައި ވަނީ މެޗްތައް ބަލާއިރު ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކުގެ މިސާލުވެސް ބަޔާންކޮށްފައެވެ.
އެޗްޕީއޭއިން މިފަދަ އިލްތިމާސްއެއް ކުރުމަށް ކޮށްފައިވާ ޓްވީޓަށް ކޮމެންޓްކުރަމުން ބައެއް މީހުން ބުނެފައިވަނީ ފައިދާ ހުރި އެއްޗެހީގެ އަގު މާ ބޮޑުކަމަށާއި އެއީ ކުރެވޭނެ ހަރަދެއް ނޫންކަމަށެވެ.