Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްނެސްޓީ އިންޓަނޭޝަނަލް

އެމްނެސްޓީ ކެނަޑާއަށް ދިން ސައިބާ ހަމަލާތަކާ ޗައިނާއާ ގުޅުމެއް އޮތްކަމުގެ ތުހުމަތު

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތެއްކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ ކެނަޑާ ގޮފީގެ އޮފީސް ހެކުކުރުމަށް އިންތިޒާމުވެގެން ވަރުގަދަ ސައިބާ ހަމަލާތަކެއް ދިނީ ޗައިނާއާ ގުޅުންހުރި ބައެއްކަމަށް އެ ޖަމާއަތުން ތުހުމަތުކޮށްފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ކެނަޑާގެ އައިޓީ ވަސީލަތްތަކުން ޝައްކުވާ ފަދަ ހަރަކާތްތަކެއް އެންމެ ފުރަތަމަ ފާހަގަވީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގައިކަމަށް އެ އޮފީހުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހަމަލާ ތަހުގީގުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަގުތުން ވަގުތަށް އެ ޖަމްއިއްޔާއިން ފެށި ކަމަށެވެ.

އަދި ބައިނަލްއަޤުވާމީ ފެންވަރެއްގައި އިންސާނީ ޙައްޤުތައް ކުރިއަރުވަން މަސައްކަތްކުރާ ޖަމްްއިއްޔާއްގެ ހައިސިއްޔަތުން، އެ ޖަމްއިއްޔާގެ މަސައްކަތްތަކަށް ހުރަސްއަޅައި، ޖާސޫސްކުރުމަށް ދައުލަތްތަކުން މަދަދުވެރިގެން ބައެއް ފަރާތްތަކުން މަސައްކަތްކުރާނެކަން އެނގޭ ކަމަށާއި، އެކަމަށް އަބަދުވެސް އެ ޖަމްއިއްޔާ އޮންނަނީ ތައްޔާރީ ހާލަތެއްގައިކަމަށް އެމްނެސްޓީން ބުންޏެވެ.

އެ ހަމަލާތަކުގެ ތަހުގީގުގެ އިބްތިދާއީ މަރުހަލާއިން އެ ހަމަލާތައް ދީފައިވަނީ ވަކި ގުރޫޕަކުންކަން އެނގިފައިވާ ކަމަށާއި، އިންޓަނޭޝަނަލް ސައިބާ ސެކިއުރިޓީ ފާމެއްކަމުގައިވާ ސެކިއަރ ވޯކްސްގެ ޓެސްޓުތަކުން އެ ގުރޫޕަކީ ޗައިނާއާ ގުޅުން އޮތް ގުރޫޕެއްކަން ދެނެގަނެވިފައިވާކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

އެ ނިންމުމަށް ވާސިލުވެފައިވަނީ އެ ހަމަލާދިން މީހުން ބޭނުންކުރި އާލާތްތަކާއި، އެމީހުން ހަރަކާތްތެރިވީ ގޮތްތަކަކީ އެފަދަ ހަމަލާތައް ދޭ ޗައިނާއާ ގުޅުންހުރި ގުރޫޕުތަކުން ބޭނުންކުރާ އާލާތްތަކާއި ހަރަކާތްތެރިވާ ގޮތްތައްކަމުގައިވާތީ ކަމަށް އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.

އޯގަސްޓު މަހުގައި ސައިބާ ސެކިއުރިޓީ ފާމް ރެކޯޑެޑް ފިއުޗާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ "ރެޑް އަލްފާ"ގެ ނަމުގައި ހަރަކާތްތެރިވާ ހެކުކުރާ ޖަމާއަތެއް ޗައިނާގެ މަދަދުވެރިކަމާއެކު ގިނަ އަދަދެއްގެ ސަރުކާރުތަކާއި، ތިންކު ޓޭންކުތަކާއި ނޫސް އިދާރާތަކާއި އެމްނެސްޓީ ހިމެނޭހެން އެންޖީއޯތައް ހެކުކޮށް ޖާސޫސުކޮށްފައިވާ ކަމަށެވެ.

އެމްނެސްޓީން ބުނި ގޮތުގައި މި ހަމަލާގެ ވާހަކަ އާންމުކޮށް ދައްކަން އެ ޖަމްއިއްޔާއިން ނިންމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ސަމާލުކަމަށް ސައިބާ ސަލާމަތުގެ އަހަންމިއްޔަތުކަން ގެނައުމަށެވެ.

މި ލިއުމާއި ގުޅޭ