Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

މާރިޔާގެ "ރައުޑީ" އަމަލުން ގެއްލުނީ އެމްއެންޑީއެފްގެ އިހުތިރާމް: ޑރ.ޖަމީލް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ "ރައުޑީ" އަމަލުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިހްތިރާމް ގެއްލިފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ކޯސްޓު ގާޑު އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ފިރިކަލުން އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގައި ލިއަނާޑޯ ޑީކެޕްރިއޯ އަދި ކޭޓް ވިންސްލެޓް ޓައިޓޭނިކް ބޯޓުގެ ދިރުނބާކޮޅުގައި ހުއްޓިގެން ތިބޭ ގޮތަށް ތިބެގެން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ޓެކްސްގެ ތަކްލީފު ޖައްސާފައި ވެރިން މަޖާނަގަނީކަމަށާއި ވެރިން އުޅެނީ ނުކުރެވި ހުރި ދަތުރުތައް ކުރުމުގައާއި ޅައިރު ނުވި ޕޯޒްތައް ފުރިހަމަކުރަންކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކުން އެމްޑީޕީގެ އޮޑި ފެތޭކަން ޔަޤީންވެފައިވާކަމަށާއި އަދި މިނިސްޓަރު މާރިޔާ ނާޖާއިޒުފައިދާ ނަގައިފިކަން ކަށަވަރުވާކަމަށެވެ.

"މި ރައުޑީ ޢަމަލުން ގެއްލެނީ އެމްއެންޑީއެފްގެ އިޙްތިރާމް." ޖަމީލް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މާރިޔާގެ އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން ކޯސްޓު ގާޑު އުޅަނދުތައް މާރިޔާދީދީގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށް ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެއެވެ.

މިއީ ކޮންބޭނުމަކު ކުރެއްވި ދަތުރެއްތޯ އަދި މި ދަތުރުގެ ތެލުގެ ހަރަދާއި އެހެނިހެން ހަރަދުތައް ހަމަޖެއްސީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން މާރިޔާ ދީދީ އެއްވެސް ޖަވާބެއް ނުދެއްވިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯގައި ސިފައިންގެ މީހަކުވެސް ފެނެއެވެ. ބެލެވޭގޮތުގައި މި ވީޑިއޯ ނަގާފައިވަނީވެސް ސިފައިންގެ މީހެކެވެ. ކޯސްޓު ގާޑު އުޅަނދުތައް ޑިފެންސް މިނިސްޓަރުގެ އަމިއްލަ ބޭނުމަށް ބޭނުންކުރެވޭ އުސޫލެއް ސިފައިންގޭގައެއް ނޯވެއެވެ. އެހެން ނަމަވެސް މާރިޔާދީދީ ވަރަށް ގިނައިން އަމިއްލަ ކަންކަމުގައި ކޯސްޓު ގާޑު އުޅަނދުތައް ބޭނުންކުރައްވައެވެ.
އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރު، ރައީސް މައުމޫންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ އިސްވެރިން ބޭނުންކުރެއްވުމެވެ. އެހެން ނަމަވެސް އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރުގެ ފަރާތްތަކުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ނުކުރާވަރަށް ބޭނުން ކުރެއެވެ.
މި ލިއުމާއި ގުޅޭ