Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މީހަކު ފުލުހުން ހޯދަނީ

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ އުމުރުން 24 އަހަރުގެ، ބ.ކަމަދޫ، ސުވާސާގެ މުޙައްމަރު ރިޔާޟަކީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަމުރުކޮށްފައިވާ މީހެއް ކަމަށެވެ.

އޭނާ ކޯޓަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ، ރާފިލް ބަންދުގައި ބަހައްޓައިގެން އަންނަ ބުދަދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

ރާފިލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރިނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ