Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

މިދަނޑިވަޅުގައި ވޯލްޑްކަޕްގެ މެޗެއް ބެއްލެވުމަށް ރައީސް ވަޑައިގަންނަވާތީ ސައީދު ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ އިސްތިސާދު ދަށްވެފައިވާ މިދަނޑިވަޅުގައި ވޯލްޑްކަޕް ބައްލަވާލަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަތަރަށް ވަޑައިގަންނަވާތީ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ވަޑައިގަންނަވާކަން އިއުލާން ކުރެއްވުމާއި ގުޅިގެން އާންމުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. މިއާއެކު ސަރުކާރުން ވިދާޅުވީ ރައީސް ސޯލިހް ގަތަރަށް ވަޑައިގަންނަވަނީ އަމިއްލަ ޚަރަދުގައި ޓިކެޓް ނަންގަވައިގެން ކަމަށެވެ.

އަދި ގަތަރުގެ ސަރުކާރުން އެމަނިކުފާނުގެ ހުރުމާއި ކެއުން ހަމަޖައްސައިދީފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ސައީދު ވިދާޅުވީ ރައީސް ސޯލިހް ގަތަރަށް ވަޑައިގަންނަވަނީ ސެކިއުރިޓީ އާ ނުލައި ގިނިކަންޏާ ތޯ ސުވާލު ކުރައްވައިފައެވެ. އަދި އެކުގައި ވަފުދެއްވެސް ބައިވެރި ވަޑައި ނުގަންނަވާތޯ ސައީދު ވަނީ ސުވާލު ކުރައްވައިފައެވެ.

ސައީދުގެ ޓްވީތުގައި އިތުރަށް ވިދާޅުވެފައިވަނީ " ރާއްޖޭގަ ހުރިއްޔާ ދެމީހަކު އެއްވެ ކަމެއް ކުރިޔަސް ކޯޓް ފަޓުލޫނުގައި އެތަނުގަ. އެހެން ނޫނީ ފުރައިގެން ބޭރަށް" ކަމަށެވެ.

"އިކޮނޮމީ އިން ޑީޕް، މިވަރުން ވެސް ދާންޖެހޭ"
ސައީދު

ރާއްޖޭގެ އިގްތިސާދު ދަށްވުމާއި ގުޅިގެން ރައްޔިތުން އަތުން ނަގަމުން އައި 6 ޕަސެއްޓް ޖީއެސްޓީގެ ބަދަލުގައި އަންނަ އަހަރު 8 ޕަސެންޓް ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އިގްތިސާދު މިހާ ދަށްވެފައިވީ ނަމަވެސް ސަރުކާރުން ކުރަމުން އަންނަ ބޭކާރު ޚަރަދުތައް މަދު ނުކުރާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން ރައީސް ސޯލިހް ބޭރައް ކުރައްވާ ދަތުރުތަކުގެ އިތުރުން ސިޔާސީ ވަޒީފާތައް ދެމުން އަންނަކަން މީޑިއާތަކުގައި އަންނަނީ ރިޕޯޓް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ