Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

މަރުވެފައި ތިބި 2،500 ސީލް ރަޝިޔާގެ އައްސޭރިން ފެނިއްޖެ

ރަޝިޔާގެ ދެކުނުން ކެސްޕިއަން ކަނޑުގެ އައްސޭރި ފަށުން މަރުވެފައި ތިބި 2،500 އެއްހައި ސީލް ފެނިއްޖެކަމަށް އެޤައުމުގެ މަސްއޫލުވެރިން އާދީއްތަދުވަހު ވިދާޅުވެއްޖެއެވެ.

ސަރަހައްދީ މަސްއޫލުވެރިން ހޮނިހިރުދުވަހު ވިދާޅުވެފައިވަނީ އައްސޭރިން ފެނުނީ މަރުވެފައިވާ 700 ސީލް ކަމަށެވެ. ނަމަވެސް ރަޝިޔާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަމެންޓުންވަނީ އެ އަދަދު 2،500 އަށް އިތުރުވެފައިވާކަމަށް ފަހުން ބުނެފައެވެ.

ރަޝިޔާގެ ދަޖިސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިހާ ގިނަ އަދަދެއްގެ ސީލް އެއްފަހަރާ މަރުވާން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައިނުވި ނަމަވެސް އެއީ ތަބީއީ ސަބަބުތަކެއްކަމަށް ބުރަވެވޭ ކަމަށެވެ.

ކެސްޕިއަން ކަނޑުގައި އުޅޭ ސީލުގެ އަދަދާމެދު އެއްކުރެވިފައިވާ މައުލޫމާތުން ފެންނަނީ ތަފާތު އަދަދުތަކެކެވެ. ފިޝަރީސް އެޖެންސީން ބުނި ގޮތުގައި ކެސްޕިއަން ކަނޑުގައި 270،000 އާއި 300،000 އާ ދެމެދުގެ އަދަދަކަށް ސީލް އުޅެއެވެ. ނަމަވެސް ކެސްޕިއަން އެންވެޔަރަމެންޓަލް ޕްރޮޓެކްޝަން ސެންޓަރުން ބުނާ ގޮތުގައި އެ ކަނޑުގައި އުޅެނީ 70،000 އެއްހައި ސީލެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ ރަތް ލިސްޓުގައި ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރެއްގެ ގޮތުގައި ކެސްޕިއަން ސީލްވަނީ ގިންތިކޮށްފައެވެ.

ކެސްޕިއަން އެންވެޔަރަމެންޓަލް ޕްރޮޓެކްޝަން ސެންޓަރުގެ ވެރިޔާ ޒޯރް ގަޕިޒޯވް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ސީލުތައް މަރުވީ މީގެ ހަފުތާތަކެއް ކުރިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ތަކެތި މަރާފައިވާކަން ނުވަތަ އެއީ ދާ އަޅައިގެން މަސްވެރިކަން ކުރި ބައެއްގެ ޝިކާރައަށްވީ ސީލްތަކެއްކަން ދޭހަވާނެ ނިޝާނެއް ފެނިފައި ނެތް ކަމަށެވެ.

ސީލްތައް މަރުވުމާ ގުޅިގެން ފެޑެރަލް ފިޝަރީސް އެޖެންސީއާއި ޕްރޮސެކިއުޓަރުންވަނީ އެ އައްސޭރިން ޑާޓާއާއި ސާމްޕަލް އެއްކޮށް ލެބޯޓަރީ ޓެސްޓުތައް ހަދާފައެވެ. އެ ޓެސްޓުތަކުން ތަޣައްޔަރުވުމުގެ އަސަރެއް ފެނިފައިނުވެއެވެ.

މި ލިއުމާއި ގުޅޭ