Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯނު

އެސްޑީއެފްސީން ދޫކުރާ ބައެއް ލޯނުތައް ދޫކުރުން މެދުކަނޑާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ބައެއް ލޯނުތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް އަންނަ މަހުގެ 31 ވަނަ ދުވަހު އަލުން ހުޅުވާލާނެ ކަމަށެވެ.

މިގޮތަށް ނިންމާފައިވީ ނަމަވެސް ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެހެން ލޯނުތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް މިހާރު ހުށަހަޅާފައި ހުރި ފޯމުތަކަށް ލޯނު ދޫކުރުން ކުރިއަށްދާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

މި ލިއުމާއި ގުޅޭ