ދުނިޔޭގަ އުފެދުނު މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނުނު, ފުޓުބޯޅަ ލެޖެންޑް ބްރެޒިލްގެ ޕެލޭގެ ވޯލްޑްކަޕް ރިކޯޑެއް އެމްބާޕޭ މުގުރާލައިފިއެވެ.
މީގެ ކުރިން, އުމުރުން 24 އަހަރު ވުމުގެ ކުރިން އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް އޮތީ ޕެލޭގެ އަތުގައެވެ. ޕެލޭގެ އުމުރުން 24 އަހަރު ނުވަނީސް އޭނާ ވަނީ ހަތް ގޯލް ކާމިޔާބުކޮށްފައެވެ.
އެ ރިކޯޑް މުގުރާލައި އެމްބާޕޭ ވަނީ އުމުރުން 24 އަހަރު ވުމުގެ ކުރިން 9 ގޯލް ކާމިޔާބު ކޮށްފައެވެ.
މީގެއިތުރުން މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ލިސްޓްގެ އެއްވަނަ ވެސް ލިބެނީ އުމުރުން 23 އަހަރުގެ އެމްބާޕޭ އަށެވެ.
ގަތަރުގައި މިހާރު ކުޅެމުންދާ ވޯލްޑްކަޕްގައި އެމްބާޕޭވަނީ 5 ގޯލް މިހާތަނަށް ކާމިޔާބުކޮށްފައެވެ.