Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރިއުޅުމުގެ އަގު

ޖަރުމަނާއި ފުރާންސްގެ މަރުކަޒީ ބޭންކުތަކުން ބުނަނީ ބޭނުންވާ މިންވަރަށް އިންފުލޭޝަން ތިރިކުރެވޭނެ ކަމަށް

ޔޫރަޕުގެ މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އެ ސަރަހައްދުގެ އިންފުލޭޝަން އަމާޒުކުރާ މިންވަރަށް ތިރިކުރެވޭނެ ކަމަށް އެ ސަރަހައްދުގެ އެންމެ ބޮޑު ދެ އިޤުތިޞާދުކަމުގައިވާ ޖަރުމަންވިލާތާއި ފަރަންސޭސިވިލާތުގެ މަރުކަޒީ ބޭންކުތަކުގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.

ޖަރުމަން ޓީވީ ޗެނަލެއްކަމަށްވާ ފީނިކްސްއިން ގެނެސްދިން ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ޖަރުމަނުގެ މަރުކަޒީ ބޭންކު ބުންޑެސްބޭންކުގެ ރައީސް ޖޯޗިމް ނޭގެލް އަދި ފަރަންސޭސި މަރުކަޒީ ބޭންކު، ބޭންކު އޮފް ފްރާންސްގެ ގަވަރުނަރު ފްރެންޝޮއިސް ވެލެރޯއީ ޑެ ގަޅައު ވިދާޅުވީ މިހާރު ޔޫރަޕުގެ މަރުކަޒީ ބޭންކުން ތަންފީޒުކުރާ ސިޔާސަތުތަކާއެކު އަމާޒުކުރާ މިންވަރަށް މިހާރު އެއަށްވުރެ ފަސް ގުނަ މަތިވެފައިހުރި އިންފުލޭޝަން ތިރިވާނެ ކަމަށެވެ.

"އިންފުލޭޝަން %2 އަށް 2024 ގެ ނިޔަލަށް ނުވަތަ 2025 ގައި ގެންނާނަން. މިއީ އަންދާޒާއެއް ނުވަތަ ވާނެކަމަށް ލަފާކުރާ ކަމެއް ނޫން. މިއީ ކުރަން އަހަރުމެން އިލްތިޒާމުވާ ކަމެއް،" ވިލެރޯއީ ވިދާޅުވިއެވެ.

ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ)އިންވަނީ ޖުލައި މަހުގެ ފަހުން ދަރަންޏަށް ފައިސާ ނެގުމުގެ ޚަރަދު 200 ބޭސިސް ޕޮއިންޓު ނުވަތަ %2 އިން މަތިކޮށްފައެވެ. އަދި ހަފުތާއެއްހައި ދުވަސް ފަހުން އެ ބޭންކުގެ ޕޮލިސީ މީޓިންއެއް ބާއްވައި އިތުރަށް އިންޓަރެސްޓު ރޭޓުތައް މަތިކުރަން މަޝްވަރާކުރާނެއެވެ.

ބެލެވޭ ގޮތުގައި މި ބައްދަލުވުމުގައި އަނެއްކާވެސް އިންފުލޭޝަން ހަންމަތަކުރުމަށް އިންޓަރެސްޓު ރޯޓު މަތިކުރަން އެއްބަސްވުމަކަށް މަސްއޫލުވެރިން ވާސިލުވާނެއެވެ. އަދި މަރުކަޒީ ބޭންކުތަކުގެ ބެލެންސް ޝީޓުގައި ހިމެނޭ 5 ޓްރިލިއަން ޔޫރޯގެ ބޮންޑުތައް މަދުކުރާނެ ގޮތްތަކަކާމެދު އެއްބަސްވުންތަކެއް އެކުލަވައިލާނެއެވެ.

ނަމަވެސް ބައެއް އޮފިޝަލުންނާ ހަވާލާދީ ބުލޫމްބާގުން ބުނެފައިވަނީ އަނެއްކާވެސް 75 ބޭސިސް ޕޮއިންޓުން އިންޓަރެސްޓު މަތިކުރާނީތޯ ނުވަތަ 50 ބޭސިސް ޕޮއިންޓުން މަތިކުރާނީތޯ ދެބަސްވުންތަކެއް މަސްއޫލުވެރިންގެ މެދުގައި އުފެދިފައިވާ ކަމަށެވެ. ނާގެލް ވިދާޅުވި ގޮތުގައި އެނިންމުން ބިނާވާނީ ލިބެންހުރި ޑާޓާގެ މައްޗަށެވެ.

އެހެންނަމަވެސް އިންޓަރެސްޓު ރޭޓުތައް މަތިކުރަމުންދާނީ ކިހައި ދުވަހެއްވަންދެންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "ޟަރޫރަތު އޮތްހައި ދުވަހެއްގައި އިންޓަރެސްޓު ރޭޓު މަތިކުރާނެ" ކަމަށެވެ.

މި ލިއުމާއި ގުޅޭ