Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި އެވެ.

ބީއެމްއެލް އިން މި ދުވަސް ފާހަގަކުރީ ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެންނެވެ.

މިދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ވަނީ ކ. ގުރައިދޫގައި ބާއްވާފައެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިންވަނީ މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފައެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަން އިން ކުރިޔަށް ގެންދިޔަ މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭންކުންވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފައެވެ.

މި ލިއުމާއި ގުޅޭ