Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް ޞާލިޙާއި އަޅުގަނޑު ކޮމްޕްރޮމައިޒްވާ ފަދަ ފޮޓޯތަކެއް ހުރެދާނެ: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކޮމްޕްރޮމައިޒްވާކަހަލަ ފޮޓޯތަކެއް ފަހަރުގައި އަތްޕުޅުގައި ހުރެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިޔަކުވަނީ ރައީސް ޞާލިޙު އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އަތްޕުޅުގައި އޮތްކަމަށް ނަޝީދު ވިދާޅުވީ ކީއްވެތޯއާއި އެކަން ސާބިތުކޮށްނުދެއްވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. ނޫސްވެރިޔާގެ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވެފައިވަނީ ނޫސްވެރިން ބުނާ ފަދައިން ރައީސް ޞާލިޙު ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުނުވާ ކަމަށެވެ.

ނަމަވެސް ރައީސް ޞާލިޙަށް ޒިނޭގެ ތުހުމަތުކުރައްވައި ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖުތައްވަނީ އާންމުވެފައެވެ. އަންހެންކުއްޖަކާއެކު ރައީސް ޞާލިޙު އެއްދާނުކުރައްވަނިކޮށް ފެންނަން 4 ގަނޑު ފޮޓޯ އެބައޮތްކަމަށް ނަޝީދު އެ މެސެޖުގައި އިނގިރޭސި ބަހުން ވަރަށް ސަރީހަކޮށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނޫސްވެރިޔާ ސުވާލުކުރުމުން އެމަނިކުފާނު ދެއްކެވި ވާހަކަ ނޫސްވެރިން އޮޅުވައިލިކަމަށް ވިދާޅުވުމަށްފަހު ނަޝީދު ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާނެ ފަދައިން އެމަނިކުފާނާއި ރައީސް ޞާލިޙުގެ ވަރަށް ގިނަ ފޮޓޯތައް ހުންނާނެ ކަމަށެވެ. އަދި ދެ ބޭފުޅުންވެސް ކޮމްޕްރޮމައިޒްވެފައި ހުރި ފޮޓޯ އޭގެ ތެރޭގައި ހުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ފަރާތުން ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކޮމްޕްރޮމައިޒްވާ ޒާތުގެ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއްވެސް ނޯންނާނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ