Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

މާރިޔާ ވިދާޅުވީ އަމިއްލަ ބޭނުމަށް ކޯސްޓުގާޑު އުޅަނދު ބޭނުން ނުކުރައްވާކަމަށް!

އަމިއްލަ ބޭނުމަށް ކޯސްޓު ގާޑު އުޅަނދުފަހަރު ބޭނުން ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ކޯސްޓު ގާޑު އުޅަނދެއްގައި މަޝްހޫރު ފިލްމު ޓައިޓޭނިކްފައި ލިއަނާޑޯ އާއި ކޭޓް ވިންސްލެޓް ބޯޓުގެ ދިރުނބާކޮޅުގައި ކުޅެފައިވާ މަންޒަރާއި އެއްގޮތަށް މާރިޔާގެ ދެކަނބަލުން ވީޑިއޯއެއް ކުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ.

އެ ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާ އަށް އަމާޒުވެފައިވާއިރު މާރިޔާ ވަނީ އަމިއްލަފުޅު ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މާރިޔާ މިހެން ވިދާޅުވިނަމަވެސް މިހާރު އާންމުވެފައިވާ ވީޑިއޯގައި މާރިޔާގެ ފިރިކަލުން އަދި ދަރިކަނބަލުންވެސް ކޯސްޓުގާޑު އުޅަނދުގައި ތިބޭތަން ފެނެއެވެ. ކޯސްޓު ގާޑު އުޅަނދުތައް ޑިފެންސް މިނިސްޓަރުގެ އަމިއްލަ ބޭނުމަށް ބޭނުންކުރެވޭ އުސޫލެއް ސިފައިންގޭގައެއް ނޯވެއެވެ. އެ ވީޑިއޯގައި ފެންނަނީ ކޯސްޓުގާޑުގެ ރަސްމީ އޮޕަރޭޝަނެއްތޯ ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

އަމިއްލަ ބޭނުމަށް އުޅަނދު ބޭނުންކޮށްފައިވައި ނުވާނެ ކަމަށް މާރިޔާ ވިދާޅުވި ނަމަވެސް މީގެ ކުރިންވެސް އަމިއްލަ ދަތުރުތަކުގައި މާރިޔާ ކޯސްޓުގާޑުގެ އުޅަނދުތައް ބޭނުންކުރެއެވެ.

މިގޮތުން ހަފްތާ ބަންދުތަކުގައި އާއިލާ އާއި އެކު ރިސޯޓުތަކަށް ދާއިރުވެސް މާރިޔާ ކޯސްޓު ގާޑުގެ އުޅަނދުތައް ބޭނުންކުރައްވައެވެ. މުޅި ދަތުރު ނިމެންދެން ބައެއް ފަހަރު އުޅަނދުތައް ރިސޯޓުގެ ބަނދަރުގައި އޮވެއެވެ.

އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރު، ރައީސް މައުމޫންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ އިސްވެރިން ބޭނުންކުރެއްވުމެވެ. އެހެން ނަމަވެސް އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރުގެ ފަރާތްތަކުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ނުކުރާވަރަށް ބޭނުން ކުރެއެވެ.
މި ލިއުމާއި ގުޅޭ