Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޭސީޕީ މުޙައްމަދު ރިޔާޒު

"ރައީސް ޔާމީނާ ދެކޮޅަށް ބަޔާން ދިނުމުން ދައުވާނުކުރާނެކަމަށް ބައެއް ޚަޞްމުން ކައިރީ އޭސީޕީ ރިޔާޒު ވިދާޅުވި"

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ދައުވާކޮށްފައިވާ އެހެން ބައެއް ޚަޞްމުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފިނަމަ އެ ފަރާތްތަކާ ދެކޮޅަށް ދައުވާނުކުރާނެކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވެފައިވާކަމަށް ރައީސް ޔާމީނުގެ ވަކީލުން ތުހުމަތުކުރައްވައިފިއެވެ.

މިއަދު ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ ވަކީލު އަލީ ޝާހު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ތަހުގީގު މަރުހަލާގައި ފުލުހުން އަމަލުކުރަމުން އަންނަނީ އިންސާފުން ބޭރުން ސިޔާސީ މަޤުޞަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ޝާހު ފާހަގަކުރެއްވީ ސިޔާސީ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތަކާ ގުޅިގެން ދައުވާގައި ހިމެނޭ ބައެއް ޚަޞްމުންނަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުންގެ މުއައްސަސާގެ ބައެއް ވެރިން އަންގަވަމުންދާ ކަމަށެވެ.

"ވަކި ގޮތަކަށް ރައީސް ޔާމީން ފުރޭމްކުރުމަށް ކަންކަންކުރުމަށާއި، އެގޮތަށް ބަޔާން ދީފިނަމަ އެ ފަރާތްތަކުގެ މައްޗަށް ދައުވާނުކުރާނެކަމަށް ބުނެފައިވޭ. އެފަދަ ބައެއް އޯޑިއޯތައް އެބަހުރިމެ. އެ އޯޑިއޯތައްވެސް ހުރިކަން މިހާރު ފުލުހުންނަށްވެސް އެނގޭނެ،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވި ގޮތުގައި އެކަންކަމަށް ބަލާއިރު ދައުލަތުގެ ރަނގަޅު ނިޔަތެއް މިފަދަ މައްސަލަތަކުގައި ނެތްކަން އެނގޭ މިންވަރަށް ހެކި މިހާރު ތިލަވެފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި އަނެއް މައްސަލައަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގެ މައްސަލަ ކުރިއަށްނުގެންގޮސް މަޑުޖައްސާފައި އޮތް އޮތުމެވެ. އަދި އެމްއެމްޕީއާރުސީން ފައިސާ ލިބުނުކަމަށް ތުހުމަތުވާ އެތައް ސަތޭކަ ބަޔަކު ތިބިއިރު އެއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާނުކުރާތީ އެކަމުންވެސް އެ މައްސަލަ ބެލުމުގައި ރަނގަޅު ނިޔަތެއް ދައުލަތުގައި ނެތްކަން ސާފުވާކަމަށް ޝާހު ވިދާޅުވިއެވެ.

"މަހުލޫފުގެ މައްޗަށް ހިންގުނު ޝަރީޢަތްތައް ކިހިނެއްތޯވީ، އޭނާގެ އެކައުންޓަށް ލާރި ޖަމާވުމާއި، ޖަމާވި ގޮތް ނުދެއްކުމާއި، އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން ރަނގަޅަށް ސާފުވާއިރު ކޮން ކަމެއްތޯ ބެލުނީ ކުރެވުނީ؟ ދެން ކޮން ވާހަކައެއްތޯ މި ދައްކަނީ؟،" ޝާހު ސުވާލުކުރެއްވިއެވެ.

ރައީސް ޔާމީނުގެ ވަކީލު ޢަބްދުﷲ ޝިޔާޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ މައްޗަށްކުރާ ދައުވާތަކަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ތިއްބެވި ބޭފުޅުން ގޭގައި ބައިތިއްބަވައިގެން އެ ބޭފުޅުންނަށް ބޮޑެތި އިނާޔަތްތަކެއް ދީގެން ސްކްރީން ޕްލޭއެއްގެ ގޮތަށް ސީންތަކެއް ރާވައިގެން ކުރާ ދައުވާތަކެކެވެ.

އެ ދައުވާތައް ކުރަނީ މައްސަލައިގެ ކިތާބީ ހެކީގެ ތެރެއިން ދައުލަތުން ބޭނުންވާ އެއްޗެއް ހާމަކޮށް ބޭނުންނުވާ އެއްޗެއް ފޮރުވައިގެން ކަމަށާއި، ފޮރުވާފައި ހުންނަ ކަންކަމާއި ތަކެތި ހާމަވަނީ މުޅިންވެސް ޝަރީޢަތުގެ މަރުހަލާގައި ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ