Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ބޭންކުތަކަށް ޖަމާކުރި ބޭރު ފައިސާއާއި އިޤުތިޞާދުގައި ދައުރުކުރާ ބޭރު ފައިސާގެ އަދަދު ދަށަށް

ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރި ބޭރު ފައިސާއާއި ރާއްޖޭގެ އިޤުތިޞާދުގައި ދައުރުކުރާ ބޭރު ފައިސާގެ އަދަދުވެސް ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ކޮންމެ ކުއާޓާއެއްގައި ނެރެމުންދާ "ކުއާޓާލީ އިކޮނޮމިކް ބުލެޓިން"ގެ 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ އަދަދުގައި އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު ތިންވަނަ ކުއާޓާގައި ބޭންކުތަކުގައި ޖަމާކޮށްފައިވާ ފައިސާގެ އަދަދު 10 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އެގޮތުން ތިންވަނަ ކުއާޓާގައި ބޭންކުތަކުގައި ހުރި ފައިސާގެ އަދަދު ޖުމްލަ 52.2 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.

މި ދަށްވުގެ 76 އިންސައްތައަކީ ބޭންކުތަކުގައި ޖަމާކޮށްފައިހުރި ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އަދަދު މަދުވުމާ ގުޅިގެން އައި ބަދަލެއްކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. އެ ބޭންކުން ދެކޭ ގޮތުގައި މި މިންވަރަށް ބޭރު ފައިސާ ދަށްވީ މުދާ އެތެރެކުރުމަށް ވިޔަފާރިތަކުން ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ.

އަދި އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ އިޤުތިޞާދުގައި ދައުރުކުރާ ބޭރު ފައިސާގެ އަދަދު އިތުރުވާ މިންވަރުވަނީ 11 އިންސައްތަ ދަށްވެފައެވެ. އެގޮތުން ބޭންކުތަކަށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާއި ފަރުދުން ބޭރު ފައިސާ ޖަމާކުރި އަދަދު މަދުވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.

ބޭރު ފައިސާ ބޭންކުތަކުގައި ބަހައްޓާ މިންވަރު މަދުވެފައިވީ ނަމަވެސް ބޭންކިން ދާއިރާގެ ފައިސާވަނީ 2 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ބޭންކުތަކުގެ ޖުމްލަ ފައިދާ ނިމުނު ކުއާޓާގައި 3.3 ބިލިއަން ރުފިޔާއަށް އަރާކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

އެހެންނަމަވެސް ކުރު މުއްދަތުގައި ބޭންކުތަކަށް ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ހުރި އެސެޓުތަކުގެ ތެރެއިން %25 އަކީ ސަރުކާރުން ގަނެފައިވާ ޓީ-ބިލެވެ. މާނައަކީ ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރުމަށްފަހު ފަހުން ނަގަން ހުރި ފައިސާއެވެ.

މި ލިއުމާއި ގުޅޭ