Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ތިނަދޫން ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނިކުތް މީހުން މަދުވުމުން އިއްސެގެ މަލާމާތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ގދ.ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ނިިކުތް މީހުންގެ އަދަދު މަދުވުމާ ގުޅިގެން، ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް އަޙްމަދު (އިއްސެ) މަލާމާތުގެ ބަސްތަކެއް ރައްދުކުރައްވައިފިއެވެ.

ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެކަށީގެންވާ އަދަދަކަށް މީހުން ނިކުތެވެ. ނަމަވެސް ރޭ އެމަނިކުފާނު ބޭއްވެވި ބައްދަލުވުމަށް ގާތްގަނޑަކަށް ފަންސާހަކަށް މީހުންވެސް ހާޒިރުވެފައިނުވެއެވެ. އެކަމާ ގުޅިގެން ރައީސް ޞާލިޙަށް ތާއީދުކުރައްވާ މެންބަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ މަލާމާތާއި ފުރައްސާރަ ނަޝީދަށްވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެކަން އިއުލާނުކުރުން ރޭ ތިނަދޫގައި ބާއްވާނެކަމުގެ ވާހަކަތައް އާންމުކޮށް ފެތުރުނު ނަމަވެސް ރޭ އެކަން އިއުލާނުކޮށްފައިނުވެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވަޑައިގެންނެވި ރަށަކީ 10،000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެއް ކަމަށެވެ. އަދި އެ ރަށުން މޫދު ފެންނަ ސަރަހައްދުން މަރުހަބާކިޔަން ތިބީ 134 މީހުން ކަމަށެވެ. އެއީ އެ ރަށުގެ އާބާދީން 1.34 އިންސައްތަ މީހުންކަމަށެވެ.

އަދި އެ ރަށުގައި މޫދު ނުފެންނަ ހިސާބުގައި [ރޭގެ ބައްދަލުވުމުގައި] ބައިވެރިވީ އެންމެ 58 މީހުންކަމަށްވެސް އިއްސެ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އާބާދީގެ އެންމެ 0.58 އިންސައްތަ މީހުންނެވެ.

އެ ހިސާބުތައް ހިއްސާކުރައްވައި އިއްސެ ވިދާޅުވީ ލަދުގަތުމާއި ރަކިވުމަކީ، ފިތުނަވެރިންނާއި މަކަރުވެރިންނާއި ހަސަދަވެރިންގެ އަމަލުގައި ނުހުންނާނޭ ސިފަތަކެއްކަމަށް ބުނާ އަޑެއް މީގެ ކުރިން އިވިފައިވާ ކަމަށެވެ.

ނަމަވެސް އެ ސިފަތަކަކީ އަސްލަށްވެސް ފިތުނަވެރިންނާއި މަކަރުވެރިންނާއި ހަސަދަވެރިންގެ ކިބައިގައި ނުހުންނަ ސިފަތަކެއްކަން މިއަދު ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ.

މި ލިއުމާއި ގުޅޭ