Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުން: އަލީ ހުސައިން

މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުންކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ މައްސަލަތަކުގައި ކޮށްފައިވާ ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުން މީހުންލައްވާ މަސައްކަތް ކުރުވާފައި ނޫނީ މުދާ ގަނެފައި ދައްކަންޖެހޭ ފައިސާ ނުދައްކާ 8 މަސް ނުވަތަ ދޮޅު އަހަރު ވީމައި އަދަބު ކަނޑައަޅާ ޖަލައްލާނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

އަލީ ހުސައިން ވިދާޅުވީ ދައުލަތުން މީހުންނަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ މާ ގިނަ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި، ވާގޮތުން ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ކޯޓަށް އެކަން އަންގަންޖެހޭނެއެވެ.

އެހެންވެ، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މީރާ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީން ބުންޏެވެ.
"މި އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފަ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ބުނި ގޮތުގައި ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެއެވެ.

ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގައި ފަނޑިޔާރަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަރަށް ގިނަ ފަހަރު ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދެއެވެ. ގިނަ ފަހަރު އެގޮތަށް އަމަލުކުރަނީ ޖަލަށް ލުމުގެ ސަބަބުން ދައުލަތަށް އޮންނަ މާލީ ބުރައާއި އަނބުރާ މުޖްތަމައުއަށް ނުކުތުމަށް އުނދަގޫވާތީ، އަދަބު ލިބޭ މީހާގެ ފަރާތުން އެދިގެންނެވެ.

މި ލިއުމާއި ގުޅޭ